އީރާނުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ރައްޒާ އަޝްތިޔާނީ-- ފޮޓޯ: ޓްވިޓަރ
ދުނިޔެ
14 Apr 2024 | 10:39
އީރާނުން ބުނަނީ އިސްރާއީލަށް ވައިގެ ސަރަހައްދު ހުޅުވައިދޭ ކޮންމެ ގައުމަކަށް ހަމަލާދޭނެ ކަމަށް!

އީރާނުން ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ދެމުންގެންދާ ހަމަލާތަކުގައި، އިސްރާއީލަށް ވައިގެ ސަރަހައްދު ހުޅުވައިދޭ ކޮންމެ ގައުމަކަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފިއެވެ.

މިގޮތުން އީރާނުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ރައްޒާ އަޝްތިޔާނީ ވިދާޅުވީ، އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ނުވަތަ ސަރަހައްދު ހުޅުވާލާ، ކޮންމެ ގައުމަކަށް ވެސް ވަރަށް ވަރުގަދަ އަށް ރައްދު ދޭނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ ދެމުން ދިޔަ އިންޒާރުތަކަށް ފަހު، އީރާނުން އިސްރާއީލަށް އަމާޒުކޮށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ފޮނުވާލައިފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިސައިލާއި ޑްރޯން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ހަމަލާ އީރާނުން އިސްރާއީލަށް ފޮނުވާލިއިރު، އިސްރާއިލުގެ އަޔަން ޑޯމް އާއި ފައިޓަރ ޖެޓް ބޭނުންކޮށްގެން ބައެއް ހަމަލާތައް މަތަ ކުރި ނަމަވެސް އިސްރާއީލުގެ ބައެއް އަވަށްތަކަށް ޑްރޯންތަކުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

އިސްރާއީލުން ބުނީ، އީރާނުގެ މި ހަމަލާއާއި ގުޅިގެން މިހާތަނަށް އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ބައެއް ގެއްލުންތަކެއް ވެފައިވާއިރު، އުމުރުން 10 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާވެފައިވާކަމަށެވެ.

މި ހަމަލާތަކާއި ގުޅިގެން އިސްރާއީލުން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރިއިރު، ކައިރީގައި އޮންނަ އުރުދުން، އިރާގު އަދި ލުބުނާނުން ވެސް ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

ބޭރުދުނިޔޭގެ ހަބަރުތަކުން ރިޕޯޓް ކުރާ ގޮތުގައި ހަމަލާތައް ހުއްޓާލި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު އޮތް ކަމަށް އީރާނުން އދ ގައި ވަނީ ބުނެފައެވެ. ހަމައެއާއިއެކު އީރާނުން ބުނީ އިސްރާއީލުން މި ހަމަލާތަކަށް ރައްދުދީފި ނަމަ އަނެއްކާވެސް ހަމަލާދޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ