އެމެރިކާގެ ރައީސް ޖޯ ބައިޑެން-- ފޮޓޯ: އޭޕީ
ދުނިޔެ
14 Apr 2024 | 13:15
އިސްރާއީލުން އީރާނަށް ދޭ ބަދަލު ހަމަލާތަކުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް ބުނެފި

އީރާނުން ހައްދުފަހަނައަޅާފައިވާ އިސްރާއީލަށް ދިން ޑްރޯނާއި މިސައިލް ހަމަލާތަކުގެ ބަދަލުހިފަން އިސްރާއީލުން ދޭ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް ބުނެފިއެވެ.

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، މި މޭރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަފުޅު ދައްކަވާފައިވަނީ، އިރާނުން އިސްރާއީލަށް ބަދަލުހިފުމުގެ ގޮތުން ހަމަލާތައް ދޭނެ ކަމަށް ބުނުމާއި ގުޅިގެން އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން އީރާނާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއެއްގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް ވަރަށް ސާފުކޮށް ބައިޑެން ނަތަންޔާހޫ އަށް ދެންނެވި ކަމަށާއި، މި ވާހަކަތައް ނަތަންޔާހޫ ގަބޫލުކޮށްފައިވާކަމަށް ވެސް އޮފިޝަލް މައުލޫމާތުދެއެވެ. 

އެމެރިކާގެ ވައިޓް ހައުސް އިން ބުނީ، އިސްރާއީލަށް އީރާނުން ދިން ހަމަލާއަށް އިސްރާއީލުން ބަދަލު ހިފައިފިނަމަ މި މައްސަލަ ވަރަށް ބޮޑު ކޯޅުން ތަކަކަށް ބަދަލުވެ، އޭގެ ނަތީޖާ ވެސް ގޯސްވާނެތީ އެކަމާއި ގުޅިގެން ބައިޑަން އާއި އޭނާގެ ސީނިއާ އެޑްވައިޒަރުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

އެމެރިކާއިން މިފަދައިން ބުނި ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ،  މިފަދައިން އެމެރިކާއިން ނިންމި ނަމަވެސް އެމެރިކާއިން އިސްރާއީލަށް ކުރާ ތާއީދު އަދިވެސް އެގޮތުގައި ދެމިއޮތް ކަމަށެވެ.

އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފައިވާއިރު އީރާނުން ވަނީ އިސްރާއީލުން ބަދަލު ހިފައިފިނަމަ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ބުނެފައެވެ.

މިދިޔަ ހަފްތާގައި ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ ދެމުން ދިޔަ އިންޒާރުތަކަށް ފަހު، އީރާނުން އިސްރާއީލަށް އަމާޒުކޮށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ފޮނުވާލައިފައިވަނީ ރޭގެ ވަގުތެއްގައެވެ.

މިސައިލާއި ޑްރޯން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ހަމަލާ އީރާނުން އިސްރާއީލަށް ފޮނުވާލިއިރު، އިސްރާއިލުގެ އަޔަން ޑޯމް އާއި ފައިޓަރ ޖެޓް ބޭނުންކޮށްގެން ބައެއް ހަމަލާތައް މަތަ ކުރި ނަމަވެސް އިސްރާއީލުގެ ބައެއް އަވަށްތަކަށް ޑްރޯންތަކުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ