ސައުދީ އަރަބިއާގެ ދިދަ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
16 Apr 2024 | 13:15
އީރާނުން އިސްރާއީލަށް ދިން ހަމަލާގައި ސައުދީގެ ބައިވެރިވުން އޮތް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އީރާނުން އިސްރާއީލަށް ދިން ޑްރޯން އާއި ރޮކެޓް ހަމަލާގައި ސައުދީ އަރަބިއާގެ ބައިވެރިވުން އޮތް ކަމަށް ބުނާ ވާހަކަތައް އެ ގައުމުން ދޮގުކޮށްފިއެވެ.

މިވާހަކަތައް ސައުދީ އަރަބިއާއިން ދޮގު ކޮށްފައިމިވަނީ އިސްރާއީލަށް އަމާޒުކޮށްގެން އީރާނުން ދިން ހަމަލާތައް ހުއްޓުވުމުގައި އަދި މި ހަމަލާ އާއި ގުޅޭގޮތުން ޖާސޫސީ މައުލޫމާތު އިސްރާއީލަށް ފޯރުކޮށްދިނުމުގައި ބައިވެރިވުން އޮތް ކަމަށް އިސްރާއީލު މީޑިއާތަކުން ސައުދީގެ ރަސްމީ ވެބްސައިޓަކާއި ހަވާލާދީ ނެރުނު ހަބަރުތަކަކާއި ގުޅިގެންނެވެ.

މިގޮތުން ސައުދީގެ ސަރުކާރާއި ހަވާލާދީ، މަސްދަރުތަކުން ބުނީ ސްރާއީލަށް ދޭ ހަމަލާތައް ހުއްޓުވުމުގައި ސައުދީ ބައިވެރިވުމާ ބެހޭ ގޮތުން ބަޔާނެއް ޝާއިއުކުރި ރަސްމީ ވެބްސައިޓެއް ނެތް ކަމަށެވެ.

ސައުދީ އިން މިފަދައިން ބުނެފައިވާއިރު، އީރާނުން އިސްރާއީލަށް އަމާޒުކޮށް ދިން މި ހަމަލާ ހުއްޓުވުމުގައި އެހީތެރިވިކަމުގެ ތުހުމަތުތައް އުރުދުން އަށް އަންނަނީ ކުރަމުންނެވެ. މިކަމާއި ގުޅިގެން އުރުދުން އިން ބުނީ އެމީހުން ވައްޓާލާފައިވާ މިސައިލްތަކާއި ޑްރޯން ތަކަކީ އެގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ތަކެތި ކަމަށެވެ.

އީރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ މިދިޔަ ހަފްތާގައި ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް ބުނެ ދެމުން ދިޔަ އިންޒާރުތަކަށް ފަހުއެވެ.

މިސައިލާއި ޑްރޯން ހިމެނޭ ގޮތަށް 200 އަށް ވުރެ ގިނަ ހަމަލާ އީރާނުން އިސްރާއީލަށް ފޮނުވާލިއިރު، އިސްރާއިލުގެ އަޔަން ޑޯމް އާއި ފައިޓަރ ޖެޓް ބޭނުންކޮށްގެން ބައެއް ހަމަލާތައް މަތަ ކުރި ނަމަވެސް އިސްރާއީލުގެ ބައެއް އަވަށްތަކަށް ޑްރޯންތަކުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެފައިވާއިރު، އިސްރާއީލުގެ މި އަމަލުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ