ހުސައިން ޘަޤީފު
ރިޕޯޓް
18 Apr 2024 | 13:04
މީޑިއާގައި "ތިލަދުންމަތީ"ގެ އަޑު އުފުލުމަށްފަހު ޘަޤީފު މިފަހަރު މަޖިލިހަށް!

އެންމެ ކުޑައިރުންފެށިގެން ނޫސްވެރިކަމުގައި މަސައްކަތް ކުރުމަކީ ހދ. ވައިކަރަދޫއަށް އުފަން ހުސައިން ޘަޤީފުގެ ހުވަފެނެކެވެ. ކުޑައިރުންފެށިގެން ބައްޕަގެ ފޮތް އަލަމާރީގެ އަވާގައި ޖެހި ފޮތް ކިޔަން ޝައުގުވެރިކަން ހުންނަ ޘަޤީފު ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދުނީ އެހިސާބުންނެވެ.

"އެންމެ ކުޑައިރުވެސް ބައްޕަގެ ފޮތް އަލަމާރީގައި ހުންނަ ފޮތްތައް ކިޔުމުގެ ޝައުގުވެރިކަން ހުރޭ. އެގޮތުން ހުކުރު މަޖައްލާ، ސަންގު މަޖައްލާ ފަދަ މަޖައްލާތަކަށް ވަރަށް ފޯރި ހުރޭ." 

ޘަޤީފުގެ ކުޑައިރުގެ ދުވަސްތައް ހަނދާން އާކުރަމުން ކިޔަދިނެވެ.

މަދަރުސާ ދައުރުވެސް ނޫސްވެރިކަމަށް ޝައުގުވެރިވެގެން ހދ އަތޮޅު މަދަރުސާގައި ނެރޭ ފާރު ނޫސްތަކަށްވެސް ޘަޤީފު ދިޔައީ ލިޔަމުންނެވެ. ނޫސްވެރިކަން އިންޓަނެޓަނަށް ބަދަލު ވުމާއި އެކު އޭރު މަދު ވެބްސައިޓްތަކެއް ދިވެހިން ލިޔެ ނޫސްވެރިކަމަށް ހުޅުވާލިއެވެ.

"ވައިކަރަދޫ ލައިވް" އިން ރަސްމީ ނޫސްވެރިކަމަށް

އޭގެ ތެރެއިން ރަށެއްގެ ނަމުގައި އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ސަމާލުކަން އައީ "ވައިކަރަދޫ ލައިވް" އަށެވެ. އޭރު ޘަޤީފު އުޅުނީ ރަށުގައިނަމަވެސް އެ އޮންލައިން ނޫހަށް ލިޔުމުގެ ޝައުގުވެރިވެ އެނޫހަށް ލިޔަންފެށިއެވެ. އަދި އެނޫހުގައި ލިޔާ ލިޔުންތައް އިންޓަނެޓް ނުލިބޭ މީހުންނަށް ފޯރުކޮށްދޭން ފާރު ނޫހެއްގެ ގޮތުގައި "ވައިކަރަދޫލައިވް"ގެ ފާރު ނޫސް ޕްރިންޓްކޮށް ހަރުކުރުމުގެ ޒިންމާ އަމިއްލައަށް އުފުލަންފެށީ ނޫސްވެރިކަމަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

"ވައިކަރަދޫލައިވް އަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ނޫސްވެރިކަމަށް ނުކުތުމަށް، އޭރު ވައިކަރަދޫލައިވްގެ ފަރާތުން ވާނެ ފުރަތަމަ ރަށު ކައުންސިލްގެ އިންތިހާބަށް ވާދަ ކުރި ފަރާތްތަކުގެ އިންޓަވިއު ފޯނުން ނަގާ ވާނީ ގެނެސްދީފައި. މިހާރުވެސް 13 އަހަރު ކުރީގެ އެއިންޓަވިއުތައް ފެންނާނެ ޔޫޓިއުބުން." ޘަޤީފު ވިދާޅުވިއެވެ.

"ބީ15.އެމްވީ" ގެ އިސް ދައުރެއް

ވައިކަރަދޫލައިވްއަށް ފަހު ޘަޤީފުގެ ނޫސްވެރިކަމުގެ އިސް ދައުރެއް ފެނިގެން ދިޔައީ އުފަން ރަށުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އުފެއްދި އޮންލައިން ނޫހެއް ކަމުގައިވާ "ބީ15.އެމްވީ" އިންނެވެ. ރަށު އަދި އަތޮޅު ފެންވަރުގައި ފާހަގަކުރެވުނު މިއޮންލައިން ނޫހުގައި ލިޔަމުން ޘަޤީފް ވަނީ ބައެއް މަޖައްލާތަކަށްވެސް ލިޔުއްވާފައެވެ. އެގޮތުން ސަންދާނު މަޖައްލާގެ އިތުރުން ދިއިސްލާމް މަޖައްލާގައިވެސް އިންފޮމޭޝާން ޓެކްނޮލޮޖީގެ ދާއިރާއިން ލިޔުންތައް ލިޔެފައިވެއެވެ.

ތިލަދުންމަތީގެ އަޑު އިއްވުމަށް "ތިލަދުން" ވޫޖޫދަށް ގެނައުން

ނޫސްވެރިކަމުގެ އިތުރުން ޘަޤީފު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ތިލަދުންމަތީގެ އަޑު ރާއްޖޭގެ ކަންކޮޅުތަކުގައި ފެތުރުމަށް މަސައްކަތް ކުރެއްވި ތަނެވެ. އެގޮތުން ސިޔާސީ ގޮތުންނާއި އިޖްތިމާޢީ އަދި ތާރީހީ ގޮތުން ތިލަދުންމަތީގެ އަޑު ފެތުރުމުގައި ވަރަށް އިސްކަމެއް ދީފައިވެއެވެ. ސޯޝާލް މީޑިއާތަކުގައި ތިލަދުންމަތީގެ ވާހަކަތައް ހަމައެކަނި ނުދައްކާ ޘަޤީފު ވަނީ "ތިލަދުން" ނަމުގައި ނޫހެއް ރަޖިސްޓްރީކޮށްފައެވެ.

ނޫހުގެ ފައުންޑަރެއްގެ ގޮތުގައި އަދި އިސް ނޫސްވެރިއެއްގެ ގޮތުގައި ޘަޤީފުވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ އުދަރެހަށް "ތިލަދުން"ގެ ނަން މަޝްހޫރުކޮށްދީފައެވެ. ސަރަހައްދީ މުހިންމު ނޫހެއްގެ ގޮތުގައި ގިނަ ބަޔަކު "ތިލަދުން" ބަލައިގެންފައިވާއިރު މިހާރު ތިލަދުންގެ ފަރާތުން ދަނީ ދިވެހި ބަހުގެ އިތުރުން "ތިލަދުން ޓައިމްސް"ގެ ނަމުގައި އިނގިރޭސި ބަހުންވެސް ތިލަދުންމަތީ އަޑު އުފުލަމުންނެވެ.

"ތިލަދުން އެއީ ވަރަށް ގަޔާވެގެން ކުރަމުން އައި މަސައްކަތެއް. އަޅުގަނޑުގެ ބޭނުމަކަށްވީ ތިލަދުންމަތީގެ ފިކުރު މިނޫސް މެދުވެރިކޮށް ފެތުރުން. ތިލަދުންމަތީގެ މައްސަލަތަށް ނޫސް މެދުވެރިކޮށް ސަމާލުކަމަށް ގެނައުން. އަދި ނޫސް މެދުވެރިކޮށް ނުވެ ހުރި ކަންކަމުގެ އަޑު ކަމާއި ބެހޭ މީހުންނަށް ޚަބަރާއި މައުލޫމާތު ސިފައިގައި ގެނެސްދިނުން. އެމަޤްސަދު ވަރަށް ރަނގަޅަށް ހާސިލުވަމުންދޭ" 

ޘަޤީފު އިތުރަށް ތަފްސީލްކޮއްދިނެވެ.

"ތިލަދުން" ވޫޖޫދުވެ ވައިގައި ހިފުމުން ޘަޤީފު ދެން ނުކުތީ ޤައުމީ ލެވެލްގައި ނޫސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރާށެވެ. އެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހަ ވަނަ ދައުރުގެ އިންތިހާބުގައި ވާދަކޮށް ގިނަ އަދަދެއްގެ ވޯޓާއި އެކު އިންތިހާބު ކާމިޔާބު ކުރިއެވެ. 187 މީޑިއާއަކުން ވޯޓުލާފައިވާ މިއިންތިހާބުގައި ޘަޤީފަށް ހޮވުނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރުންގެ ތެރޭގައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސްކަމަށް ކުރިމަތިލާ 15 މެމްބަރުންގެ ތެރެއިން 14 ވޯޓާއި އެކު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ނައިބު ރައީސްކަމަށް އިންތިހާބު ކުރެވުނެވެ. 2 އަހަރުގެ ޓާމެއް މީޑިއާ ކައުންސިލްގައި ޘަޤީފް ވަނީ ފުރިހަމަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް ޘަޤީފް ކުރިމަތިލަނީ ވައިކަރަދޫ ދާއިރާއަށެވެ. ހދ އަތޮޅުގެ ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ޘަޤީފް ކުރިމަތިލަނީ ޢަދާލަތު ޕާޓީގެ ޓިކެޓްގައެވެ. މީޑިއާއަށް ފަރިތަ ޘަޤީފު މަޖިލީހަށް ނުކުންނައިރު ދެއްވާ ޔަގީންކަމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މަޖިލީހުގެ ތެރެއިން އިއްވާނެކަމުގެ ޔަގީންކަމެވެ.

މަޖިލީހުގެ ތެރެއިން ކަށަވަރު ކުރަން ޡަޤީފް ބޭނުންވަނީ ދާއިރާގެ އިތުރުން މުޅި ތިލަދުންމަތީގެ ހައްޤު މިންވަރެވެ. މީގެ 5 އަހަރު ކުރިން ތިލަދުންމަތީގެ ފިކުރުން ފެށި ފޯރިގަދަ ކެމްޕޭން ދިގު ދެމިގެންގޮސް މީޑިއާ މެދުވެރިކޮށް އެފިކުރު ފެތުރުމުގައި ދެމިހުރި ގޮތަށް ޘަޤީފް އެދެނީ އެފުރުސަތު މިފަހަރު މަޖިލީހަށް އިންތިހާބުވެގެން ލިބިގެން ދިޔުމެވެ، މީޑިއާގައި "ތިލަދުންމަތީ"ގެ އަޑު އުފުލިގޮތަށް އެފުރުސަތު ޘަޤީފުއަށް މިފަހަރު ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.