ޣައްޒާގައި %80 މީހުން ވަނީ ބޯހިޔާވަހިކަމުން މަހުރޫމްވެ، ރެފިއުޖީ ޓެންޓްތަކުގައި އުޅެން މަޖުބޫރުވެފައި-- ފޮޓޯ: ޑަބްލިއުއެފްޕީ
ދުނިޔެ
18 Apr 2024 | 16:16
ޣައްޒާގެ ގަތުލުއާއްމަށް 6 މަސްދުވަސް، 6،000 މައިން ޝަހީދުވެ 19،000 ކުދިން ވަނީ ޔަތީމުވެފައި!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާ ތަކަށް 6 ދުވަސްވެފައިވާއިރު، މި ހަމަލާތަކުގައި 6،000 މައިން ޝަހީދުވެ 19،000 ކުދިން ވަނީ ޔަތީމުވެފައިވާ ކަމަށް އދ އިން ހާމަކޮށްފިއެވެ.

އދ އިން ބުނީ، މި ހަމަލާތަކުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ އަންހެނުން ޝަހީދުވެފައވާއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 6،000 މައިން ހިމެނޭ ކަމަށެވެ. އަދި ޣައްޒާގައި އެއް މިލިއަނަށް ވުރެ ގިނަ އަންހެނުންނަށް ކާނާ އާއި ރައްކާތެރި ފެން ނުލިބޭއިރު، ބަލިތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ފެނާއި ކާބޯތަކެތީގެ އިތުރުން، އަންހެނުންގެ ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި ނުލިބޭ ކަމަށް ވެސް އދ އިން އެކުލަވާލި ރިޕޯޓްގައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުންއަންނައިރު، މި ހަމަލާތަކާއި އެހީ ވެއްދުމަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބަނޑުހައިހޫނު ކަން އިންތިހާއަށް ބޮޑުވެ، މި ވޭނުގައި މިހާތަނަށް 32 މީހަކު ވަނީ ޝަހީދުވެފައެވެ. ބަނޑުހައިހޫނުކަމުގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ 28 ފަރާތަކީ ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

އދ އާއި އެނޫންވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި، ގައުމުތަކުން މި ގަތުލުއާއްމު ހުއްޓާލުމަށް އިސްރާއީލަށް ގޮވާލަމުން އައި ނަމަވެސް މިހާތަނަށް އިސްރާއީލުން މި ކަންކަމަށް އިޖާބަދީފައެއް ނުވެއެވެ. މި ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ ގަރާރެއް ދާދި ފަހުން އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުން ވެސް ފާސްކޮށްފައިވާއިރު، މި ގަރާރަށް ވެސް ޔަހޫދީން ބޯލަބާފައެއް ނުވެއެވެ.

އަނިޔާވެރިކަން ހައްދުފަހަނަ އަޅާގޮސް، އިސްރާއީލުގެ ނިރުބަވެރި ސިފައިން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 33,970 ޝަހީދުވެފައިވާއިރު، 76,770 މީހަކު ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ