ދީން
19 Apr 2024 | 12:52
ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެއް: ޚުތުބާ

ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީ ޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

މުއުމިނުންގެ ސިފަތަކުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާ ފަށާފައިވަނީ ކާމިޔާބު އަހުލުވެރިންގެ ސިފަތައް ބަޔާން ކުރައްވައި މާތް الله ސުބުހާނަހޫ ވަތަޢާލާ ގުތުއާނުގައި ވަޙީ ކުރައްވާފައުވާ ބަސްފޫޅުންނެވެ. 

مُؤْمِنُން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ޒަކާތް ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فَرُجُ ތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سَرَحَدُّ) ފަހަނަޅައިދާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ أَمَانَة ތަކަށާއި އެއުރެންގެ عَهْدُ ތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ. އެއުރެންނީ، فِرْدَوْسُ އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ

ޚުތުބާ

މި އާޔަތުން ކާމިޔާބު މުއުމިނުންގެ ސިފަތައް އަހަރެމެންނަށް އެނގުގެންދާއިރު އޭގެ ތެރެއިން ފުރަތަމަ ސިފައަކީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުންކަން ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ މީހުންނަކީ އެނަމާދުގައި މަޑުމޮޅިވެ، އެނަމާދު މާތް الله ޤަބޫލުކުރައްވާނޭ ކަމުގެ އުންމީދުގައި ތިބެ އެކަލާނގެ އަޛާބަށް ބިރުވެތިވެ ނަމާދުގައި ޚުޝޫޢަތްތެރިވާ މީހުން ކަން އެނގޭ ކަމަށް ބުނެފައިވެއެވެ.

ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ނަމާދު ކުރާއިރު ނަމާދަކީ ތިބާގެ އެންމެ ފަހު ނަމާދުގެ ގޮތުގައި ދެކިގެން އެކަލާނގެ ތިބާއަށް ފެންނަ ފަދައިން ކުރާށެވެ! ތިބާއަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ ތިބާ ދެކެދެނެވޮޑިގެން ވެއެވެ."

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ އެއާޔަތްތަކުގައި މުއުމިނުންގެ ދެވަނަ ސިފައެއް ކަމުގައި ގެންނަވާފައިވަނީ، މުޅި ދުނިޔެއަށް މިހާރު ޖެހިފައިވާ އަދި އެކަމަކުން ޝިފާލިބުން އުނދަގޫ ބޮޑު ބައްޔެއްގެ ގޮތުގައި ސިފަކުރެވޭ ކަމެއްގެ ވާހަކަ ކަމުގައިވާ ބޭކާރު ވާހަކަތަކާއި، ބޭކާރު ކަންތަކުން ދުރުވުމުގެ ވާހަކަ ކަމަށެވެ.

އަހަރެމެންގެ ތެރެއިން ގިނަބަޔަކު މީސްމީޑިއާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކުގައި ލިޔެ، ދައްކާ ބޭކާރު ވާހަކަތަކާއި، ޙަޤީޤަތާ ދުރު ކަންކަމުގައި މަޝްޣޫލުވެއުޅުމަކީ ދެރަކަމެކެވެ. އަދި ޙަޤީޤަތެއްކަމުގައި ވިޔަސް، ކޮންމެ ވާހަކައަކީ ފަތުރަން ޖެހޭ ވާހަކައެއް ނޫނެވެ. ތިބާ ލިޔެ، ބުނެއުޅޭ، ކޮންމެ ޖުމްލައަކީޤިޔާމަތް ދުވަހު އެއާ މެދު ސުވާލުވެވޭނެ ޖުމްލައެކެވެ. 

ޚުތުބާ

އެހެންކަމުން ތިބާ ބުނެއުޅޭ ވާހަކަތައް الله ރުއްސަވާ ވާހަކަތަކަކަށް ހަދައި، ވާހަކައެއް ފެތުރުމުގެ ކުރިން އެ ވާހަކައަކީ،ތިބާގެ އާޚިރަތަށް އަސަރުކުރާނޭ ވާހަކައެއް ކަމުގައި ވިސްނުމަށް ފަހު، އެކަމާމެދު ގޮތެއް ނިންމުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. 

ހުތުނާގައި އިތުރަށް ބުނީ، އެ އާޔަތްތަކުގައި ތިންވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ދީނުގެ ރުކުނެއްގެ ވާހަކަ ކަމަށާ އެ ރުކުނާމެދު ފަރުވާ ކުޑަކުރި މީހުންނާދެކޮޅަށް މި އުންމަތުގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވި ރުކުން ކަމުގައިވާ މުދަލު ޒަކާތް ކަމަށެވެ. އަދި ނިޞާބު ހަމަވެ، އަހަރެއްވުމުން އެ މުދަލުން ކަނޑައެޅިގެންވާމިންވަރު، ޒަކާތުގެ ބެހެނިވެރިންނަށް ނެރުމަށް ދީނުގައި އަންގަވާފައިވާ ކަމަށް ބުންޏެވެ. 

އެ އާޔަތްތަކުގައި ހަތަރުވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ލަދުވެތި ގުނަވަނަށް ރައްކާތެރިވުމުގެ ވާހަކައެވެ. އެ ގުނަވަނަށްރައްކާތެރިވުމަކީ ޒިނޭފަދަ ބޮޑެތި ފާފަތަކުންނާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމެވެ. އަދި ފާޙިޝް ވާހަކަތައް ދެއްކުމާއި އެފަދަ މަންޒަރުތައް ބެލުން ވެސް ވާނީ ފުރިހަމަގޮތުގައި ލަދުވެތި ގުނަވަނަށް ރައްކާތެރިނުވުން ކަމުގައެވެ. ޒިނޭކުރުން މަތީ ދެމިހުންނަ މީހާއާ މެދު މާތް ﷲ ވަޙީކުރައްވާފައިވާ ބަސއފުޅެއްގެ މާނާގައި ވެއެވެ. "އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު، އެ ޢަޛާބު ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ.

ޚުތުބާ

އެހެން ކަމުން އެފަދަ ޢަމަލުތައް ކޮށްއުޅޭ މީހާ މާތް الله ގެ މަގަށް ރުޖޫޢަވެ ތައުބާވާން ހުތުބާގަްއި ނަސޭހަތްތެރިވިއެވެ. 

ޚުތުބާގައި އިތުރަށް ބުނީ، ބަޔާންވެ ދިޔަ އާޔަތްތަކުގައި މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ފަސްވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، އަމާނާތްތަކަށާއި ޢަހުދުތަކަށް ރައްކާތެރިވުން ކަމަށެވެ. އަދި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި އަމާނާތެއް ޙަވާލުވެފައިވާ މީހެއް ކަމަށާ، އަމާނާތަކީ ހަމައެކަނި ތިބާގެ އަތަށް މީހަކު ރައްކާކުރަންދޭ ފައިސާއެއް އެކަންޏެއް ނޫން ކަމަށެވެ.

އަމާނާތުގެ ވައްތަރުތައް ވަރަށްވެސް ގިނައެވެ. އެންމެ މުހިއްމު އަމާނާތަކީ އަހަރެމެންނާ މާތް الله ޙަވާލުކުރައްވާފައިވާ އެކަލާނގެ ފަރުޟުތަކެވެ. ފަރުޟު ފަސް ނަމާދާއި، ޒަކާތާއި ރޯދައާއި ޙައްޖެވެ. ދެވަނަ ވައްތަރަކީއަޅުތަކުންނާއި ގުޅިފައިވާ ޙައްޤުތަކެވެ. އޭގެ ތެރޭގައި ވަޒީފާއެއްގައި އުޅޭނަމަ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމާއި، މީސްތަކުންގެ މުދަލަށާއި ސިއްރުތަކަށް ރައްކާތެރިވުމަކީވެސް އަމާނާތެކެވެ. ރަސޫލާ ސޢވ ޙަދީޘް ކުރައްވާފައިވެއެވެ. "މީހެއްގެ ގާތުގައިސިއްރު ވާހަކައެއް ބުނެ އޭނާ އެމީހެއްގެ ގާތުން އެނބުރިލައިފިނަމަ، އެއީ އަމާނާތެކެވެ."ފައުޅުކުރެވޭ ސިއްރެއްގެ ސަބަބުން ކިތައް ޢާއިލާ ރޫޅިފައިވޭ ހެއްޔެވެ؟ ކިތައް އެކުވެރިން ހަތުރުންނަށް ވެފައިވޭ ހެއްޔެވެ؟ 

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނެފައުވާ ގޮތުން ބަޔާންވެ ދިޔަ އާޔަތްތަކުގައި މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭ ހަވަނަ ސިފައެއްކަމުގައި އަންގަވާފައިވަނީ، ނަމާދު ތަކަށް ރައްކާތެރިވުމެވެ. ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ. މިއާޔަތްތަކުގައި ނަމާދުގެ ވާހަކަ ތަކުރާރުވުމުން އެނގެނީ ނަމާދަށް ދެވިފައިވާ އަހައްމިއްޔަތު ކަން ކަމަށެވެ. އަދި ބަޔާންވެދިޔަ ހަ ކަންތަކަށް ރައްކާތެރިވެއްޖެ މީހަކީ ފަލާޙާއި ކާމިޔާބު ލިބިއްޖެ މީހެއް ކަމަށާ އެފަދަ މީހުންނަކީ ސުވަރުގޭގެވާރުތަވެރިން ކަމަށް ޚުތުބާގައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ