ޔަހޫދީންގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިމާރާތްތައް ވަނީ ބިމާއި ހަމަވެފައި-- ފޮޓޯ: ސީއެންއެން
ދުނިޔެ
20 Apr 2024 | 15:32
ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 34،000 އަށް، އިއްޔެ ވެސް 42 މީހަކު ޝަހީދުކޮށްލައިފި!

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭ އެކަނިވެސް 42 މީހަކު ޝަހީދުކޮށްލައި، 63 ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ހާމަކުރާ ގޮތުގައި، މިހާތަނަށް 34،012 މީހުން ޝަހީދުވެފައިވާއިރު، 76,833 މީހަކު ވަނީ ޒަހަމްވެފައެވެ.

މީގެ އިތުރުންވެސް، އެ މިނިސްޓްރީން ވަނީ ބޮޑެތި ބޮން ގޮއްވާލުމާއި، މީހުން ސަލާމަތްކުރުމަށް އެހީވާ މީހުން މަދުވުމުގެ ސަބަބުން އިމާރާތްތަކާއި އެނޫންވެސް އެފަދަ ތަންތަނުގެ ދަށުގައި ނުފެނި މީހުން ތާށިވެ، ގެއްލިފައިވާކަން ފާހަގަކޮށްފައެވެ.

ހަމަލާތަކުގެ އިތުރުންވެސް، ޣައްޒާއަށް އެހީ ވެއްދުމަށް ޔަހޫދީން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބަނޑުހައިހޫނު ކަން އިންތިހާއަށް ބޮޑުވެ، މި ވޭނުގައި މިހާތަނަށް 32 މީހަކު ވަނީ ޝަހީދުވެފައެވެ. ބަނޑުހައިހޫނުކަމުގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ 28 ފަރާތަކީ ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

އދ އާއި އެނޫންވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި، ގައުމުތަކުން މި ގަތުލުއާއްމު ހުއްޓާލުމަށް އިސްރާއީލަށް ގޮވާލަމުން އައި ނަމަވެސް މިހާތަނަށް އިސްރާއީލުން މި ކަންކަމަށް އިޖާބަދީފައެއް ނުވެއެވެ. މި ގަތުލުއާއްމު ހުއްޓާލުމަށް ގޮވާލާ ގަރާރެއް ދާދި ފަހުން އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުން ވެސް ފާސްކޮށްފައިވާއިރު، މި ގަރާރަށް ވެސް ޔަހޫދީން ބޯލަބާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ