މޯލްޑިވިއަން ގެ ފްލައިޓެއް-- ފޮޓޯ: މޯލްޑިވިއަން
ހަބަރު
22 Apr 2024 | 15:32
މޯލްޑިވިއަނުން ކޮލަމްބޯ އަށް ދަތުރުތައް ފަށަނީ، ދެކޮޅު ޓިކެޓްގެ އަގަކީ 165 ޑޮލަރު

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ، ދަތުރުތައް މި މަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށެވެ.

މި ދަތުރުތަކުގެ ޓިކެޓު އަގު ފެށެނީ 165 ޑޮލަރަށް ކަމަށްވާއިރު މޯލްޑިވިއަނުން ބުނީ ލަގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބޭނެ ކަމަށާއި، މީލް ވެސް ލިބޭނެ ކަމަށެވެ.

 މޯލްޑިވިއަންގައި ލަންކާއަށް ދަތުރުކުރާ ފަސިންޖަރުންނަށް ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން ކޮމްޕްލިމެންޓްރީ ބެނެފިޓްސް ތައް ވެސް ލިބޭނެ ކަމަށާއި، އޭގެ ތެރޭގައި ހިލޭ މެޑިކަލް ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަން އަދި ޑެންޓަލް ޗެކަޕް އާއި ބޮޑީމާސް އިންޑެކްސް އަދި ލޮލުގެ ފެނުން ހިލޭ ޓެސްޓުކުރެވޭނެ ކަމަށް ވެސް އެއާލައިނުން ބުނެއެވެ.

ހަމައެއާއިއެކު،  މޯލްޑިވިއަން އިން ދަތުރުކުރާ ފަސިންޖަރުންނަށް އެ ހޮސްޕިޓަލުން ލިބޭ ކޮމްޕްލިމެންޓްރީ ބެނެފިޓްސް ތެރޭގައި އޯޕީޑީ ލެބޯޓްރީ ޓެސްޓްތަކުން 15 ޕަސަންޓް ޑިސްކައުންޓާއި އެކްސް-ރޭ އިން 5 ޕަސަންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
Aisha Ismail
ޢަވަހަށް ދަަަަާންވީ
22 Apr 2024
ފެހިމާ.
އަސްތާ ކޮންތާކު އޮތް ފެއަރ އެއްގެވާހަކައެއް ތީީ؟ވުޖޫދުގަވެސް ނެތް އެއްޗެއް....
22 Apr 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.