ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
23 Apr 2024 | 13:18
އައު މަޖިލިސް މެމްބަރުން ހުވާކުރެއްވުން މޭ މަހުގެ 28 ވަނަ ދުވަހު!

މި ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި މަޖިލީހުގެ އާދައުރަށް ހޮވިވަޑައިގެން މެމްބަރުން ހުވާ ކުރުމުގެ ޖަލްސާ  މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އައު މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މަޖިލީހުން ކުރިއަށްގެންދާކަމަށެވެ.

އަސްލަމް ވިދާޅުވީ، މިހާރު ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ އަންނަ މަހުގެ 15 ގައި ކަމަށާއި، މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

"ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 81 ވަނަ މާއްދާގައި ވާ ގޮތުގައި މަތީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހުވާ ކުރުން 28 މޭ 2024 ވާ އަންގާރަ ދުވަހު އޮންނާނެ ވާހަކަ ދަންނަވަން."

އަސްލަމް ވިދާޅުވިއެވެ.

މޭ މަހުގެ 28 ވަނަ ދުވަހު މެމްބަރުން ހުވާކުރެއްވުމާއި އެކު، މަޖިލީހުގެ 20 ވަނަ ދައުރު ފެށިގެން ދާއިރު، މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އަށް ސުޕަ މެޖޯރިޓީ ވަނީ ލިބިފައެވެ. މިގޮތުން އެޕާޓީއަށް މަޖިލީހުގެ 71 ގޮނޑި ލިބިފައިވާއިރު، ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ.

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ ޕާޓިގެ ގޮތުގައި އޮތް އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.