ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ: މަޖިލިސް
ހަބަރު
23 Apr 2024 | 16:04
8 ސަފީރަކަށް ރުހުންދިނުމަށް ކޮމިޓީން ފާސްކޮށްފި

ބޭރުގެ ގައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަނުކުރެއްވި 10 ސަފީރުންގެ ތެރެއިން 8 ސަފީރަކަށް ރުހުން ދިނުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މި ގޮތަށް ފާސްކުރީ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއިން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައެވެ.

މިގޮތުން ކޮމިޓީން ރުހުން ދިނުމަށް ނިންމާފައިވާ ސަފީރުންނަކީ:

1) އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް

2) އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް

3) އދ.ށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު

4) ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މައްސޫދު އިމާދު

5) މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު

6) ބެލްޖިއަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ

7) ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު

8) ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ލުވައިޒް

ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ކޮމެޓީން ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ.

މި ދެބޭފުޅުންނާއި މެދު ގޮތެއް ނިންމާފައިނުވަނީ  ވަނަވަރު އަދި ކޯޓުން ސާފު ނުވާތީ އެބޭފުޅުންގެ އިންޓަވިއު ނުބާއްވާތީ ކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ޖަލްސާގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.