ކްރިމިނަލް ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
29 Apr 2024 | 16:02
މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު 50,000 ރުފިޔާއިން ޖޫރިމަނާކޮށް, 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި!

މަސްތުވާތަކެތި ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވި މީހަކު 50,000 ރުފިޔާއިން ޖޫރިމަނާކޮށް, 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިހުކުމް އިއްވާފައިވަނީ ކ. މާލެ، ހ. ހުދުހުދާ މަންޒިލް، މުހައްމަދު ފައިސަލްގެ މައްޗަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން، ފައިސަލް އިތުރު ބަޔަކާއި ބައިވެރިވެގެން މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާކަމުގެ މައުލުމާތު ލިބުމާއި ގުޅިގެން 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބަންގްލަދޭޝް މީހަކާއި އެކު ސައިކަލުގައި ދަނިކޮށް ހުއްޓުވައި ބަލާ ފާސްކުރަނިކޮށް، ކޮތަޅެއްގެ ތެރޭގައި އޮތް ސިލިކޮން ފުޅިއެއްގެ ފޫ ނައްޓާފައި ބެލި އިރު، އެ ފުޅި ތެރެއިން ފެނުނު ޖޫސްޕެޓީ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓެއްގެ ތެރެއިން  ބަރުދަނުގައި 49.1683 ގުރާމް މޯފިން ހުރި 100 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

ހަމައެއާއެކު، ކޯޓު އަމުރެއްގެ ދަށުން މ.ފޭވަރިޓްހިލްގެ 3 ވަނަ ފަންގިފިލާގައި  ފައިސަލް ދިރިއުޅެމުން ދިޔަ އެޕާޓްމެންޓް ބަލާ ފާސްކުރުމުގެ ތެރޭގައި، ބަދިގޭގައި ހުރި އުނދުނުގެ އިސްކޫރުތައް ނައްޓައިގެން ބަލަނިކޮށް، އުނދުނުގެ ވާތްފަރާތުން ބަރުދަނުގައި 955.0204 ގްރާމް މޯފިން ހުރި 19 ޖޫސްޕެޓީ ކޮތަޅު ފެނިފައިވާ ކަމަށާއި، އުނދުނުގެ ކަނާތްފަރާތުން ފެނުނު 7 ޖޫސްޕެޓީ ކޮތަޅުގެ ތެރެއިން 5 ކޮތަޅުގައި ހުރި މޯފިން ގެ ބަރުދަނުގައި 247.8570 ގްރާމް ހުރި ކަމަށާއި، ދެން އޮތް 2 ކޮތަޅުގައި ހުރި މޯފިން ގައި 35.4324 ގްރާމް މޯފިން ހުރި ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

މި ތަކެތީގެ އިތުރުން ވެސް އޭނާގެ އެޕާޓްމެންޓް ބަލާފާސްކުރަނިކޮށް މަސްތުވާތަކެތި ހޭކިފައިހުރި ޖޫސްޕެޓީ ކޮތަޅު ތަކަކާއި ހުސް ޖޫސްޕެޓީ ކޮތަޅު ބޮނޑިއަކާއި، ހުސް ރަބަރު ޕެކެޓް ބޮނޑި އެއްގެ އިތުރުން ޑިޖިޓަލް ކައްޓާ ފެނުމާއި ގުޅިގެން ފައިސަލް އާއި ސުވާލު ކުރުމުން އެއީ އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ގެންގުޅޭ ތަކެތި ކަމަށް ބުނެފައިވާ ކަމަށާއި، މިކަމާއި ގުޅުން ހުރި ތަކެތި ކޮޓަރިން ފެނިފައިވާތީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އެއީ އޭނާ މަސްތުވާ ތަކެތި ބަންދު ކުރުމަށް ގެންގުޅޭ ތަކެތި ކަމަށް ސާބިތުކޮށްދިނުމަށް ބުނެފައިވާ ކަމަށް ދައުލަތުގެ ފަރާތުން ހުށައެޅި ހެކީގައި ބުނެފައިވެއެވެ.

ދައުވާތަކަށް ފައިސަލް އިންކާރުކުރި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ކުށް ޝައްކެތް ނެތް މިންވަރަށް ދައުލަތުން ސާބިތުކޮށްދީފައިވާކަމަށް ކަނޑައަޅާފައެވެ.

އެއާއިއެކު، ކޯޓުން ވަނީ ފައިސަލް ގެ މައްޗަށް 11 އަހަރާއި 6 މަހާއި 1 ދުވަހުގެ ޖަލު ހުކުމެއް އިއްވާ، 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާގެ ފައިސާ 1 އަހަރުގެ ތެރޭގައި ދެއްކުމަށް ކޯޓުން ހުކުމް ކުރި އިރު، މީގެ ކުރިން ފައިސަލް ޖަލުގައި 5 އަހަރާއި 6 މަހާއި 1 ދުވަސް ހޭދަކޮށްފައިވާތީ، އޭނާގެ ބަންދުގެ މުއްދަތަކީ 6 އަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.