ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 May 2024 | 10:55
މޫސުމީ ބަދަލުތަކާއި އެއާ ގުޅުންހުރި ކަންކަމަށް ބަލާއިރު، އަންނަ މަހުގެ ބިލްވެސް ބޮޑުވާނެ ކަމަށް ލަފާކުރެވޭ: ފަހުމީ

މޫސުމަށް އަންނަ ބަދަލުތަކާއި އެއާ ގުޅިގެން އަންނަ ކަންކަމަށް ބަލާއިރު، އަންނަ މަހުގެ ކަރަންޓު ބިލުވެސް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި މިދިޔަ މަހުގެ ކަރަންޓް ބިލު ބޮޑުވުމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކޮށް، ކަރަންޓް ބިލު ބޮޑުވުމަށް މެދުވެރިވާ ސަބަބުތަކާއި އެ މައްސަލަ ކުޑަ ކުރުމަށް ކުރެވޭނެ ކަންކަމާައި ގުޅިގެން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ގޭބީސީތަކުގެ ކަރަންޓު ބިލު ބޮޑުވާ ކަމަށެވެ.

މި އަހަރުވެސް މިއީ އައު ވާހަކައެއް ނޫން. މީގެ ކުރީގެ އަހަރު ތަކުގައުވެސް ނޫސްތަކަށް ބަލާލުމުންވެސް އެބަހުރި އެނގެން ބޮޑުވެފައި ހުރިކަން. އަޅުގަނޑުމެންގެ ހިސްޓްރީ ޕެޓާން ހުރިގޮތުންވެސް، މި މަހު އެކަންޏެއްނޫން އަންނަ މަހުވެސް މި ފޯކާސްޓް ދައްކާ ގޮތުން ކަރަންޓް ބިލު ބޮޑުވާނެ ކަމަށް މި ބަލަނީ. އެއީ މޫސުމަށް މި އަންނަ ބަދަލުތަކާއި އަދި އަޅުގަނޑުމެންގެ މި ވަގުތުގެ ޕީކް މިހިރަ ގޮތުންނާއި އަޅުގަނޑުމެންގެ ޑީސަލް ކޮންސަންޕްޝަނާއި މި ހުރިހާ އެއްޗެއްގެ ޕެޓާނަށް ބަލާއިރު އަޅުގަނޑަަކަށް ގަބޫލެއް ނުކުރެވޭ މި އަންނަ މަހުގެ ބިލު ވެސް ކުޑަވެދާނެ ކަމަށެއް،"

ހުސައިން ފަހުމީ

މިއާއެކު ފަހުމީ ވިދާޅުވީ، މިމަހުގެ ބިލު ބޮޑުކަން ސްޓެލްކޯއިންވެސް ގަބޫލު ކުރާ ކަމަށާ، މީގެ ކުރީ އަހަރު ތަކާއި މި އަހަރުގެ ކަރަންޓް ބިލުގެ އެނާލިސިސް ހަދާލާއިރު މިމަހުގެ ބިލު ބޮޑުކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ކަރަންޓް ބިލު ބޮޑުވަނީ ސްޓެލްކޯއިން ކަމެއް ކޮށްގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

"އެހެންނަމަވެސް އެ ބިލު ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެނެއް ނޫން. ހަމަ އަޅުގަނޑު ދަންނަވާނީ މޫސުމަށް މި އަންނަ ބަދަލު ނުވަތަ އެމްބިއެން ޓެމްޕަރޭޗާ ހޫނު ވެއްޖެ ދެއްތޯ. އަދި ކައިރި ގައުމުތަކަށް ވެސް ހޫނު ވެއްޖެ. ރާއްޖޭގެ މިފަހުގެ ތާރީހުގައި އެންމެ ހޫނު ގަދަ މަސްތައް ކަންނޭނގެ މި އަންނަނީ. މިދިޔަ މަހާއި މި މަހާ. އެހެންވީމާ ހޫނު ގަދަ ވުމުގެ ސަބަބުން ކަރަންޓް ބިލު ބޮޑުވެގެން މިއުޅެނީ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލު ކުރުމެއް. އެއީ ހަގީގަތަކީވެސް. 

ހުސައިން ފަހުމީ

ފަހުމީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލު ކުރެވެން އޮތީ އިންސިޔުލޭޝަން ރަނގަޅު ކުރުމާއި ކަރަންޓް އިގްތިޞާދުކޮށްގެން ކަމަށެވެ.

މިއާއެކު ކަރަންޓް ބިލު ދެގުނަ ބޮޑުވުމުގެ ފުރުސަތު އޮތްތޯއާއި އެހެން އެކަންވަނީ ކީއްވެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފަހުމީ ވިދާޅުވީ،

ޓެރިފް ސްޓްރަކްޗަރ އިންނަ ގޮތުން މަތީ ބޭންޑަށް ދެއްތޯ ފޯލް ވާނީ. މިސާލަކަށް 600 ނުވަތަ 800 ޔުނިޓަށްވުރެ ގިނައިން އަރާ ކޮންމެ ބިލަކަށް ހަމަ ޓެރިފް މަތީ ރޭޓުން ހަމަ ކަލްކިޔުލޭޓް ކުރާނީ. އެހެންވީމާ ބިލު ދެގުނަ ބޮޑުވުމުގެ ފުރުސަތުވެސް އެބަ އޮތް.  

ހުސައިން ފަހުމީ

މީގެ އިތުރުން ފަހުމީ ވަނީ ކަރަންޓް ޚަރަދު އެންމެ ބޮޑުވަނީ. ފިނި ކުރުމަށް ބޭނުންކުރާ، އޭސީ އަދި ފްރިޖު ކަހަލަ ތަކެތިން ކަން ފާހަގަކުރައްވައި ކަރަންޓް ޚަރަދު ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަންވެސް ވިދާލުވެދެއްވާފައެވެ. އެއީ؛

1) އިންސިޔުސޭޝަން ރަނގަޅު ކުރުން

2) އޭސީގެ ފިނި ހޫނުމިން 16 ގައި ބެހެއްޓުމުގެ ބަދަލުގައި 25-26 ޑިގްރީ ސެލްސިއަސްގައި އަބަދުވެސް ބެހެއްޓުން. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.