އެމްޑީޕީ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް- ފޮޓޯ/ އެމްޑީޕީ
ހަބަރު
02 May 2024 | 11:00
ލީޑަރޝިޕްގެ މަގާމެއްގައި ތިއްބެވި އެއްވެސް ބޭފުޅެއް އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް: ފައްޔާޟު

ރާއްޖޭގެ އޮތް އެންމެ ބޮޑު ޕާޓީ އަދި އިދިކޮޅު މައި ޕާޓީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މިއަހަރުގެ މަޖިލިސް އިންތިޚާބުވެސް ނާކާމިޔާބު ވި ނަމަވެސް، ޕާޓީ ހިންގެވުމުގެ ޒިންމާ އޮތް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް މަގާމުގައި ހުންނެވި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޟުގެ ޗެއަރޕާސަން ކަމުގައި ބޭއްވުނު އެންމެ ބޮޑު ދެ އިންތިޚާބުންވެސް އެމްޑީޕީ ވަނީ ބޮޑުތަނުން ބަލިވެފައެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 40 އިންސައްތަ ވޯޓުވެސް އެ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޞާލިހަށް ނުލިބުނު އިރު، ދެވަނަ ބުރުގައިވެސް ކުރިމަތިވީ ނާކާމީޔާބީއާއެވެ. 

އެއަށް މިދިޔަ މާރިޗު 21 ގައި ބޭއްވުނު މަޖިލިސް އިންތިޚާބުގައިވެސް އެ ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ.

އެއާއެކު، އެޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފައްޔާޟުއަށް ގޮވާލާފައެވެ. 

އެކަމާއި ގުޅިގެން، އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީޙުގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޟު ވިދާޅުވީ، ލީޑަރޝިޕްގައި ތިބި އެއްވެސް ބަޔަކު އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. 

އަޅުގަނޑުމެންގެ ވިސްނުމުގައި އެއްވެސް ގޮތަކަށް ނެތް ޕާޓީގެ އެއްވެސް ލީޑަރޝިޕްގެ މަގާމެއްގައި ތިއްބެވި އެއްވެސް ބޭފުޅެއް އިސްތިއުފާ ދިނުމެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްވެސް ނޫން. އިންތިހާބު ތަކުން ކޮންމެސް އެއްބަޔަކު މޮޅުވާނެ އަނެއް ބަޔަކު ދަށްވާނެ

ފައްޔާޒު އިސްމާޢީލް

މިއާއެކު ފައްޔާޟު ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި މެމްބަރުންނަށް ލީޑާޝިޕް ބަދަލުކުރަން ޖެހޭ ކަމަށް ފެންނަ ނަމަ އެ ފުރުސަތު ވެސް ދެއްވާނެ ކަމަށާ އެހެން ނަމަވެސް އެވަތު އަދި ނުޖެހޭ ކަމަށެވެ. 

"ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންގެ މެމްބަރުންނަށް ލީޑާޝިޕް ބަދަލުކުރަން ޖެހޭ ކަމަށްވަންޏާމުން އެ ފުރުސަތު ވެސް ދޭނަން. މިއީކީ އެވަގުތު ކަމަށް ގަބޫލެއް ނުކުރަން. މިއީ އަނެއްކާ ވެސް ޕާޓީ ނަގައި ކޮޅަށް ޖަހައްވީ ވަގުތު"

ފައްޔާޒު އިސްމާޢީލް

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ މިވަގުތަކީ އެންމެން އެއްވެ ޕާޓީ ކޮޅަށް ޖަހަންވީ ވަގުތު ކަމަށާ، އެމްޑީޕީ މިގައުމުގައި އޮތުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ކަމުން އެކަމަށް އުނިވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ފައްޔާޒު ވިދާޅުވިގޮތުގައި ލީޑރޝިޕްގެ އިސްތިއުފާއަށް ގޮވަނީ އިދިކޮޅު މެންބަރުންނެވެ. 

އިސްތިއުފާއަށް ބޮޑަށް ވަކާލާތު ކުރައްވަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް.  އަޅުގަނޑުމެންގެ ބައެއް މެންބަރުންގެވެސް އެ ޝުޢޫރު ހުންނާނެ. އެއީ މައްސަލައެއްވެސް ނޫން. އެހެން ނަމަވެސް މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް 

ފައްޔާޒު އިސްމާޢީލް

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ދައުރެއް އޮންނަނީ ޗެއާޕާސަން އަށެވެ. 

ކޮމެންޓް
ހުސެން ޔޫސުފް
ދޮންކަލޯ ކޮންމެސް ދުރަށްނުދާތި ގޮތްދޫނުކުރަތްޗެ ބިސްކުނިވިޔަސްހާލީގައޮވޭ ސާބަހޭ ތިޔަށް ދިވެހިންކިޔަނީ ހާށްޔާ މޮޔަވި.
02 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.