ޚާރިޖީ ވަޒީރު މޫސާ ޒަމީރު—ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 May 2024 | 14:04
“ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެ”

ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެގައުމާއިއެކު ވާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ޒަމީރު މިފަދައިން ވިދާޅުވެފައިވަނީ، އދ ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނުގެ ހައްގުގައި ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު ދެއްކެވި ވާހަކަފުޅުތަކަށް އަލި އަޅުވާލައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ފަލަސްތީން އދ ގެ މެންބަރެއްގެ ގޮތުގައި ހެދުމަށް ނެގުނު ވޯޓު، އެންމެ ގައުމެއްގެ ވީޓޯ ވޯޓުގެ ސަބަބުން ހުއްޓުވުމާއި ގުޅިގެން، އެކަމާމެދު ބަހުސް ކުރުމަށް ބޭއްވުނު އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ޑރ ހައިދަރުގެ އިއްވެވި ބަޔާނުގައި ވަނީ އދ. ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅު އެޅުން އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ މަގު އޮތުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެފައެވެ. 

"ފަލަސްތީނަށް އިންސާފު ހޯދައި ދިނުމަށް ގަދަ އަޑުން ގޮވަމުންދާ ގޮވެލީގެ އަޑު، އެންމެ ވޯޓަކުން ކަނޑުވާލުމަކީ ވަރަށް ވެސް ލަދުވަތި ކަމެއް. (އެ އަޅާނުލީ) އދ ގެ އާއްމު މަޖިލީހުގެ 140 މެންބަރުން ( ސެކިޔުރުޓީ ކައުންސިލްގެ 12 މެންބަރ ސްޓޭޓް ހިމެނޭހެން) ގޮވާލި ގޮވެއްޔެއް. އެއީ ޔުނިވާސިޓީ ތަކުގަޔާއި، މަގުތަކުގަޔާއި، މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސުލްހަވެރި އިހްތިޖާޖު ތަކުގައި ގޮވާލި ގޮވެއްޔެއް. އދ ގެ 193 މެންބަރު ގައުމު ތަކުގެ ތެރެއިން އެންމެ ގައުމެއްގެ ވޯޓުން ދެކޮޅު އެ ހެދުނީ، އިންސާފަށް އެދި ގޮވަމުން ދިޔަ ގޮވެލި، ބަލައިގަތުމަށް ގޮވަމުން ދިޔަ ގޮވެލި، އަމިއްލަ ހައިސިއްޔަތެއް އޮތުމަށް ގޮވަމުން ދިޔަ ގޮވެލި. އެ 1 ވޯޓުގެ ސަބަބުން އދ ގެ ސަލާމަތީ މަޖިލިސް އަނެއްކާވެސް ފެއިލް ވެއްޖެ. އެ 1 ވޯޓުގެ ސަބަބުން އދ ގެ ސަލާމަތީ މަޖިލިސް އިސްރާއީލްގެ ގަތުލު އާއްމު ހުއްޓުވުމަށް ފެއިލް ވެއްޖެ. 

ޑރ އަލީ ހައިދަރު އަހުމަދު 

ހައިދަރު ވިދާޅުވީ، އދ ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވެމުން ދިޔަ އެވަގުތުވެސް ފަލަސްތީނުގައި ގަތުލް އާއްމު ހިންގަމުންދާ ކަމަށެވެ. ފަލަސްތީނުގައި މީގެ ކުރިންވެސް ިއސްރާއިލް ހިންގާފައިވާ އަނިޔާވެރި  ޖަރިމާތައް މިހާރުވެސް ތަކުރާރުވަމުންދާކަމަށާ، އިމާރާތް ތަކުގެ ދަށުން ފަލަސްތީނުގެ ކުދި ބޮޑު ރައްޔިތުންގެ ފުރާނަނެތް ހަށިތައް ނަގައި މިހާރުވެސް   ވަޅުލަންޖެހުފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި އެކަން ކަމަކީ އަޅާނުލައި ދޫކޮށްލެވޭނެ ކަން ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

މިއާއެކު ސަލާމަތީ މަޖިލީހަށް ވެސް އެކަން އަޅާނުލައި ދޫކޮށް ނުލެވޭނެކަން ފާހަގަކުރައްވައި، ހައުދަރު ވިދާޅުވީ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ ޖަރީމާތައް އާދައިގެ ކަމަކަށް ވެފައިވާކަމަށެވެ.

އެހެންކަމުން، މިއީ އދ ގެ އާއްމު މަޖިލީހުން ވީޓޯ ވޯޓަށް ނޫނެކޭ ބުނަންވީ ވަގުތު. އެ ވީޓޯގެ ސަބަބުން އިސްރާއިލުން ދަނީ ހުއްޓުމެއްނެތި ގަތުލްއާއްމު ހިންގަމުން. ހުއްޓުމެއްނެތި ބިން ފޭރި ގަދަކަމުން ވަޒަންވެރިވަމުން. އެ (ވީޓޯ ވޯޓް) ވެގެން ގޮސްފައިވަނީ ގަތުލްޢާއްމު ކުރިއަށް ގެންދަން ދީފައިވާ ހަތިޔާރަކަށް ވެއްޖެ. 

ޑރ އަލީ ހައިދަރު އަހުމަދު

މީގެ އިތުރުންވެސް ހައިދަރު ވަނީ ގަތުލް އާއްމު ހުއްޓާލާ ނުހައްގުން ފޭރިފައިވާ ބިންތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ޔަހޫދީ އިސްރާއީލަށް ގޮވާލާފައެވެ. އަދި ފަލަސްތީން މިނިވަން ދައުކަތެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ ކަން ފާހަގަކުރައްވައި ޑރ ހައިދަރު ވަނީ އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވީޓޯ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.