ކިންގް ސަލްމާން މިސްކިތް- ފޮޓޯ/ވޮއިސް
ހަބަރު
03 May 2024 | 09:44
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާ ގުޅޭގޮތުން ސަޢުދީއާއެކު މަޝްވަރާކޮށްފި

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން ސަޢުދީޢަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ. 

މިކަން ހާމަކުރައްވާފައިވަނީ، މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އެމަނިކުފާނު އައްޔަން ކުރުމާ ގުޅިގެން އެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވުމަށާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އަހަރީޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީޢަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ދެއްވި އިންޓަވިއުގައެވެ. 

އެގޮތުން ޝަހީމް ވިދާޅުވީ، ސައުދީއަށް ކުރެއްވި އެ ދަތުރުފުޅުގައި ސަޢުދީޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.  

"މުސްލިމް ވޯލްޑް ލީގާއި ރާއްޖެއާ އޮންނަ ގުޅުން ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެގެން ދާނެ. ޖަލްސާގެ ހަވާސާގައި ސަޢުދީޢަރަބިއްޔާގެ އިސްލާމީ ކަންތައްތަތަކާ ބެހޭ ވަޒީރާ ބައްދަލުކުރިން. އެ ބައްދަލުވުމުގައި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން މަޝްވަރާކުރިން. ޙައްޖުގެ ފަހުން ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ، އެތަން ހުޅުވުމަށް ހަރަމްފުޅުގެ ކޮންމެވެސް އިމާމެއް ގެނައުމަށް މަޝްވަރާކުރިން. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަމުން މިދަނީ"

އިސްލާމީ ކަންތައްތަކަ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ސައުދީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު ވަޒީރު ބޭއްވި ބައްދަލުވުމުގެ ތެރެއިން— ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ސައުދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒްގެ އެހީގައި މާލޭގެ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި، ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރެވުނު ހަ ފަންގިފިލާގެ ސަލްމާން މިސްކިތުގެ މަސައްކަތް ނިމުމުންވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގަައި އެ މިސްކިތް ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެ ސަރުކާރަށް އަމާޒު ވުމުން ރަސްމީކޮށް ނުހުޅުވައި އެ މިސްކިތުގައި ނަމާދުކުރަން އެ ސަރުކާރުގައި ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ