ކޯރާ ކޯރާ މޯލްޑިވްސް މުބާރާތުގެ ޓްރޮފީއާއެކު
ކުޅިވަރު
08 May 2024 | 23:08
ފަސޭހަކަމާއެކު ދިގަލި ބަލިކޮށް ކޯރާ ކޯރާ ޗެންޕިއަންކަން ހޯދައިފި

"ރާބަދި ޗެލެންޖް 2024" ގެ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ދިގަލި މޯލްޑިވްސް 6-2 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ކޯރާ ކޯރާ މޯލްޑިވްސް އިން ހޯދައިފިއެވެ. 

މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމު ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފަސޭހަކަމައެކު 6-2 ގެ ނަތީޖާއަކުން ކުޑަފުށު ބަލިކުރުމަށްފަހު އެވެ. އަދި ދިގަލި މޯލްޑިވްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ބަލިކުރުމަށްފަހު އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށި މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު 2-1 ގެ ނަތީޖާއަކުން ކޯރާ ކޯރާ މޯލްޑިވްސް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ކޯރާ ކޯރާ އިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ދިގަލިން ވެސް އިތުރު އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުގެ މުހައްމަދު މަމްދޫހު އަދި އަބްދުﷲ ނަބީހު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ކޯރާ ކޯރާ މޯލްޑިވްސްގެ މޫސާ މުޒާހު މުހައްމަދު އަދި މުހައްނަދު އިސާމް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު މުނައްވަރު އަދި އަލީ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޯރާ ކޯރާ މޯލްޑިވްސްގެ މުހައްމަދު އިސާމް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުހައްމަދު ސަމޫޚް ރާމިޒު (ކޯރާ ކޯރާ މޯލްޑިވްސް)، މުހައްމަދު އިސާމް (ކޯރާ ކޯރާ މޯލްޑިވްސް)، އަލީ ސަމާލް (ކޯރާ ކޯރާ މޯލްޑިވްސް)، މުހައްމަދު އާސިފު (ކޯރާ ކޯރާ މޯލްޑިވްސް) ގެ އިތުރުން މުހައްމަދު މަމްދޫހު (ދިގަލި މޯލްޑިވްސް) އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމަށް ދެކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އެއީ ކޯރާ ކޯރާ މޯލްޑިވްސްގެ މޫސާ މުޒާހު މުހައްމަދު އަދި އަލީ ސަމާލް އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ކޯޗު މޫސާ އިބްރާހިމް އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ދިގަލި މޯލްޑިވްސް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އަލީ ސަމާލް (ކޯރާ ކޯރާ މޯލްޑިވްސް) އެވެ.

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓަ ރިސޯޓް ފުޓްސަލް ޗެލެންޖުގައި މިއަހަރުގެ 14 ޓީމެއް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 14 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. އަދި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައްނިމުނުއިރު، ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ ޖޯލި ބީއިންގެ އިތުރުން ކޯރާ ކޯރާ، ކުޑަފުށި އަދި ދިގަލި މޯލްޑިވްސް އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ބަލިކޮށް ކޯރާ ކޯރާ މޯލްޑިވްސް ޗެންޕިއަންކަން ހޯދިއިރު، މިއީ މިމުބާރާތުގެ ތަށި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރަވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.