ޚުތުބާ އަޑު އަހަނީ
ދީން
10 May 2024 | 13:04
ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި الله ލައްވާފައިވާ ކަމެއް: ޚުތުބާ

ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި الله تَعَالَىލައްވާފައިވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތަކަށް އަލި އަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى މަޢުރިފާ ކޮށް ދެނެގަތުމަކީ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރެއިން ވާ ކަމެއް ކަމަށެވެ. އަދި އެކަލާނގެ މަޢުރިފާކޮށް ދެނެގަތުމުގެ އެއް ނަތީޖާ އަކީ އެކަލާނގެއަށް ފުރިހަމަގޮތުގައި އީމާންވުމުގެ ފޮނި މީރުކަން ލިބުން ކަމަށެވެ.

މީހަކު ކަމަކަށް އީމާންވާ ކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއްނެތި ޔަޤީންކަމާއެކު އެކަމެއް ޤަބޫލުކުރުމުން މެނުވީ އީމާންވީ ކަމުގައި ނުވެއެވެ. عَبْدُ اللّٰهِ بْنُ مَسْعُوْدٍرَضِيَ اللّٰهُ عَنْهُ ވިދާޅުވެފައި ވެއެވެ. (وَالْيَقِيْنُ الْإِيْـمَانُ كُلُّهُ) މާނައީ: "އަދި ޔަޤީންކަމަކީ މުޅި އީމާން ކަމެވެ." 

ހުކުރު ޚުތުބާ

އެހެންކަމުން މާތް الله އަށް އީމާންވާ މީހާ، އެކަލާނގެ އަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކަށް ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ތެދުކޮށް ޔަޤީންކަމާއެކު ޤަބޫލުކޮށް، އީމާން ވާން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަލާނގެ ވޮޑިގެންވާކަމަށްއީމާންވުން ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ހުރިހާ ރަސޫލު ބޭކަލުންގެ ރިސާލަތުގެ އަސާސް ކަމަށެވެ.

ރަސޫލު ބޭކަލުން އެބޭބޭކަލުންގެ ޤައުމުތަކުގެ މީސްތަކުންނަށް ވިދާޅުވިކަމަށް ކީރިތި ޤުރްއާނުގައި الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.  "އެއުރެންގެرَسُوْلُ ން ވިދާޅުވޫއެވެ. އިސްވެދިޔަ مِثَال އަކާނުލައި އުޑުތަކާއި ބިން އުފެއްދެވިالله އާމެދު، شَكّ އެއް ވޭހެއްޔެވެ؟"

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި الله تَعَالَىލައްވާފައިވާ ކަމެއް ކަމަށާ އަދި އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، ބޮޑެތި ޙަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހަޅަތަކާއިޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރާތްތަކާ ވަކިވެފައިވާ ޤަބީލާތަކަށްބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި ކަން ޚުތުބާގައި ބުންޏެވެ. 

ޚުތުބާގައި އިތުރަށް ބުނީ މާތް الله ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަވެފައިވާ ކަމަށާ އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެ ކަމަށެވެ. 

އެގޮތުން އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއިބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ. ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް ޤުރްއާނުގެ އެތައް ތަނެއްގައި الله تَعَالَى ވަނީ އަންގަވާފައެވެ.

 الله تَعَالَى ވަޙީކުރައްވާފައިވާ ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، الله އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެއޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުންޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ."

މި އާޔަތުގައި މާތް الله ބަޔާންކުރައްވާފައި ވަނީ ކައުނުގައި ހިނގަހިނގާ ހުންނަ ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޒާމުތަކުގެ ތެރެއިން ވަރަށް ވެސް މަދު މިސާލު ކަމަށް ހުތުބާގައި ބުންޏެވެ.

އަދި ކައުނުގައި ގިނަ ނިޒާމުތައް ހިނގަހިނގާ ހުންނައިރު، މީގެ ގިނަ ނިޒާމުތައް ވަނީ އެއް ނިޒާމު އަނެއް ނިޒާމާ ގުޅި ލާމެހިފައިކަން ފާހަގަކޮށް އޭގެ މިސާލެއްގެ ގޮތުގައި، ޖައްވުގެ ތެރޭގައި ފެން ދައުރުވާ ނިޒާމުގެ ތެރެއިން ވާރޭ ވިލާތައް އުފެދުމާއި އަދި ވައި ދައުރުވާ ނިޒާމުގެ ތެރެއިންމި ވާރޭ ވިލާތައް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމާއި ވައިގެ ޛަރީޢާއިން ހަނަފަސްވެ، މަރުވެފައިވާ ބިމަކާ ހަމައަށް މި ވާރޭ ވިލާތައް ދަތުރުކޮށް އެ ވިލާގަނޑުން އެ ހަނަފަސް ބިމަށް ވާރޭ ވެހުމާއެކު އެ ބިމަށް ދިރުން ލިބި އެ ބިމުގައި ގަސްފެޅުމާއި އަދި އެކިއެކި ދިރޭތަކެތި މި ގަސްތަކާއި ވިނަތަކުން ކައިއުޅޭ އުޅުން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

އެތަކެތީގެ ހަށިގަނޑުގެ ތެރޭގައި އެ ކާތަކެތި ހަޖަމުވެ، އޭގައިވާ ފައިދާހުރި މާއްދާތައް ހަށިގަނޑަށް ނަގައި،ގެއްލުންހުރި ބައިތައް ހަށިގަނޑުން ބޭރުކުރާ ނިޒާމު ވެސް ވަނީ، އެހަށިގަނޑުގައި ލެއްވިފައެވެ. ކުޅަދުންވަންތަ ކަލަކަށް މެނުވީ މިހާ ފުރިހަމަ ނިޒާމުތަކެއްގެ ތެރޭގައި ދުނިޔޭގެ ހިންގުން ތަދުބީރެއް ނުކުރެވޭނެއެވެ. އަދި މިހުރިހާ ނިޒާމެއް ފުރިހަމައަށް ގުޅި ލާމެހިފައިވުމަކީ، އެކަންކަން ރާވައި ހިންގައި ތަދުބީރުކުރާ ފަރާތެއްނެތި އިއްތިފާޤަކުން ހިނގާކަމެއް ކަމަށް ބުނުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫނެވެ.

ޚުތުބާ

ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި ޢާލަމު ވުޖޫދުގައި ވުން ކަމަށް ޚުތުބާގައި ބުންޏެވެ. ޚަލްޤު ކުރެވިފައިވާހާ އެއްޗަކަށް "ޢާލަމޭ" ކިޔައި ނަންދެވިފައި ވާއިރު މި ތަކެއްޗަކީ الله تَعَالَى ވޮޑިގެންވާ ކަމުގެ ޢަލާމާތެއް ކަމަށާ، އެހެނީ ވުޖޫދުގައި ވާ ކޮންމެ އެއްޗެއްމެ ވުޖޫދުކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެއް ކަމަށް ޚުތުބާގައި ބުންޏެވެ.

 ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް އަހަރެމެން ޤަބޫލުކުރަމެވެ. ބިނާއެއް ވާނަމަ އެ ބިނާއެއް ބިނާ ކުރި ފަރާތެއް ވާނެކަމަކަށް އެއްވެސް މީހަކު އިންކާރެއް ނުކުރާނެއެވެ. އެހެންކަމަށް ވާނަމަ މިއޮތް ބޮޑު ކައުނާއި، މި ކައުނުގައިވާ، ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރޭތަކެއްޗާއި، މިނޫންވެސް ތަކެތި އެންމެ ފުރިހަމަ ގޮތުގައި ހައްދަވައި، ފުރިހަމަ ނިޒާމެއްގެ ތެރޭގައި ތަދުބީރު ކުރެއްވި ފަރާތެއް ނުވާކަމަށާއި، މިހުރިހާ ކަމަކީ އިއްތިފާޤަކުން ވާ ކަމެއް ކަމަށް، ޤަބޫލު ކުރުމަކީ ކިހާ ބޮޑު މޮޔަކަމެއްހެއްޔެވެ؟

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެމީހުން ދައްކާ ވާހަކަ ތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން ސައިންސާއި ބުއްދީގެ އަލީގައި ޚުތުބާގައި ވަނީ ހެކި ދައްކާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.