ކޯލް ޕަލްމާ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
10 May 2024 | 16:33
ޕްރެމިއާ ލީގުގެ އެޕްރީލް މަހުގެ މޮޅުކުޅުންތެރިއާގެ އެވޯޑް ޕަލްމާއަށް

އިގިރޭސި ޕްރެމީއާ ލީގުގެ އެޕްރީލް މަހުގެ އެންމެ މޮޅުކުޅުންތެރިއާގެ މަގާމު ޗެލްސީގެ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާއަށް ލިބިޖެއެވެ.

މިއީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ޕްރެމިއާ ލީގުގެ މޮޅުކުޅުންތެރިއާގެ އެވޯޑް ޗެލްސީގެ ބެލްޖިއަމް ފޯވާޑް އެޑިން ހަޒާޑު ހޯދިފަހުން ޗެލްސީގެ ކުޅުންތެރިއަކަށް މިއެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. 

އެޕްރީލް މަހުގެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް 5 ކުޅުންތެރިއަކު ނޮމިނޭޓުވެފައިވާއިރު، ޕަލްމާގެ އިތުރުން ދެން ހިމެނުނީ މެންޗެސްޓާ ޔުނަޓެޑުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް، އާސެނަލްގެ ޖަރުނަން ފޯވާޑް ކައި ހަވަޓްޒް، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ގުވާޑިއޯލް، އެވަޓަންގެ ކީޕަރު ޕިކްފޯޑް އަދި ކްރިސްޓަލް ޕެލަސްގެ ފޯވާޑް ޖީން ލިޕިޕޭ މަޓޭޓާ އެވެ.

އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ޕަލްމާ ވަނީ އެޕްރީލް މަހު ޗެލްސީއަށް ކުޅުނު ހަތަރު މެޗުގައި 7 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު އެއް ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އެގޮތުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 4-3 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ތިން ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެވަޓަން އަތުން 6-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗުގައި ޕަލްމާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިސީޒަނުގެ ޕްރެމީއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި ވެސް އޮތީ މިސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއާއި ގުޅުނު ޕަލްމާއެވެ. އޭނާ ވަނީ ލީގުގައި ޗެލްސީއަށް ކުޅެދިން 30 މެޗުގައި 21 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އިތުރު 9 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.