އދ ގެ އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން
ދުނިޔެ
10 May 2024 | 21:20
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން ފާސްކޮށްފި

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ޤައުމަކުން ވަނީ ރުހުން ދީފައެވެ.

އަދި ވޯޓުގައި ބައިވެރިވި އދ. ގެ 9 މެންބަރު ޤައުމަކުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައިވާއިރު އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ. 

މި ގަރާރަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އަރަބް ގުރޫޕްގެ ފަރާތުން ހުށަހެޅި ގަރާރެކެވެ. އެ ގަރާރަށް އެންމެ ފުރަތަމަ ކޯ ސްޕޮންސާ ކުރި ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ފަލަސްތީން އދ ގެ ފުރިހަމަ މެންބަރު ގައުމަކަށް ހެދުމާއިބގުޅޭ ގޮތުން ނެގި ވޯޓުގއ ނަތީޖާ

މި ވޯޓާއެކު އދ.ގެ އާންމު މަޖިލީހުން ވަނީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅައިފައި އޮތް ހުށަހެޅުން މުރާޖާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލައިފައެވެ.

އދ ގެ އާއްމު މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް، ފަލަސްތީނަށް އދ ގެ ފުރިހަމަ މެންބަރޝިޕް ކަށަވަރެއް ނުވާނެއެވެ. އެހެން ނަމަވެސް، އެ ގައުމަކީ ފުރިހަމަ މެންބަރަކަށް ވުމަށް ޝަރުތު ހަމަވާ ގައުމެއް ކަމަށް އދ އިން ދެން ބަލައިގަންނާނެއެވެ. 

އަދި މި ގޮތަށް ފާސްކުރުމާއެކު، މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އދ ގެ އެހެން މެންބަރުންނާއެކު ފަލަސްތީނަށްވެސް އާއްމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް، ވޯޓުގައި ބައިވެރި ވުމުގެ ފުރުސަތެއް ނުލިބޭނެއެވެ. 

އދ ގެ މެންބަރު ގައުމު ތަކުގެ މި ނިންމުމުގެ ސަބަބުން، ޣައްޒާގައި މިވަގުތު ހިންގަމުންދާ ގަތުލު އާއްމަށް އެއްވެސް ލުޔެއް ލިބޭނެ ކަމަށް ނުބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.