ދީން
11 May 2024 | 16:35
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ގެއްލުންދިނުމަށްޓަކައި ޝައިޠާނުން އައި ހާދިސާތައް

ޖިންނީންގެ ތެރެއިންވާ ޝައިޠާނުންނަކީ އާދަމްގެދަރިންދެކެ އިންތިހާއަށް ޙަސަދަވެރިވާ، ފާޅުވެ ބަޔާންވެގެންވާ ޢަދާވާތްތެރިންނެވެ. ޚާއްޞަގޮތެއްގައި އާދަމްގެދަރިންގެ ތެރެއިންވާ ހެޔޮލަފާ ރަނގަޅު ދަރިންނަށެވެ. ވަސްވާސްދިނުމުގެ އިތުރަށް އެބައިމީހުންނަށް ވީގޮތަކުން ގެއްލުން ދިނުމަށްޓަކައި މަސައްކަތް ކުރެއެވެ. މިގޮތުން؛ އާދަމްގެދަރިންކުރެ އެންމެ ހެޔޮ، އެންމެ މާތް އިންސާނާކަމުގައިވާ އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِوَسَلَّمَ އަށް ގެއްލުން ދިނުމަށްޓަކައި އެކިފަހަރު މަތިން ޝައިޠާނުން މަސައްކަތްކޮށްފައިވެއެވެ.

މިގޮތުން؛ އެއް ހާދިސާއަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ރޭގަނޑު ރޭއަޅުކަން ކުރައްވަން ހުންނަވަނިކޮށް ހިނގާދިޔަ ހާދިސާއެކެވެ. އިމާމް ބުޚާރީއާއި އިމާމް މުސްލިމް އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِوَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ރޭގައި ތިމަންކަލޭގެފާނުގެ ނަމާދަށް ހުރަސްއެޅުމަށްޓަކައި ޖިންނީންގެ ތެރެއިންވާ ޢިފްރީތެއް ކުއްލިއަކަށް ފާޅުވިއެވެ. ފަހެ، އެކަލޭގެ މައްޗަށް މާތް ﷲ ތިމަންކަލޭގެފާނަށް ބާރުދެއްވިއެވެ. ތިމަންކަލޭގެފާނު އެކަލޭގެ ހިފެހެއްޓެވީމެވެ. އަދި ތިޔަބައިމީހުން އެންމެން ދުށުމަށްޓަކައި މިސްކިތުގެ ތަނބުތަކުގެ ތެރެއިން ތަނބެއްގައި އެކަލޭގެ ބަނުމަށް ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. އެހިނދު، ތިމަންކަލޭގެފާނުގެ އަޚް ސުލައިމާންގެފާނުގެ ދުޢާ ((رَبِّ هَبْ لي مُلْكًا لا يَنْبَغِي لأحَدٍ مِن بَعْدِي)) މި ދުޢާގެ މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާގެ ފަހުން އެކަކަށްވެސްއެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!" މި ދުޢާގެ މަތިން ހަނދުމަފުޅުވިއެވެ. ދެން، ނިކަމެތިވެގެންވާ ޙާލުގައި އެކަލޭގެ ފައްސާލެއްވީމެވެ."

އަނެއް ހާދިސާއަކީ؛ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަޞްޙާބު ބޭކަލުންނާއެކު ނަމާދުކުރައްވަން ހުންނަވަނިކޮށް ހިނގާދިޔަ ހާދިސާއެކެވެ. އިމާމް މުސްލިމް ރިވާކުރައްވާފައި ވެއެވެ. އަބުއްދަރުދާ رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. "ރަސޫލުﷲ صَلَّى اللهُعَلَيْهِ وَسَلَّمَ ތިމަންމެން ބޭކަލުންނާއެކު ނަމާދަށް ތެދުވެވަޑައިގަތެވެ. ނަމާދަށް ހުންނަވައި ((أَعُوْذُ بِاللهِ مِنْكَ)) މިފަދައިން ވިދާޅުވެ ((أَلْعَنُكَ بِلَعْنَةِ اللهِ)) މިފަދައިން 3 ފަހަރު ވިދާޅުވާ އަޑު ތިމަންމެން ބޭކަލުން އެއްސެވީމެވެ. ދެން، އެއްޗެއްގައި ހިޕެވުމަށްޓަކައި އެކަލޭގެފާނުގެ އަތްޕުޅު ދިއްކޮށްލެއްވިއެވެ. ނަމާދުން ނިމިވަޑައިގަތުމުން އެބޭކަލުން ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! މީގެ ކުރިން ކަލޭގެފާނު ވިދާޅުނުވާ އެއްޗެއް ވިދާޅުވި އަޑު އަހައިފީމެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު ދިއްކޮށްލެއްވިތަން ދެކުނީމެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ﷲގެ ޢަދާވާތްތެރިޔާ އިބްލީސް، ތިމަންކަލޭގެފާނުގެ މޫނުފުޅަށް އެއްލުމަށްޓަކައި އަލިފާނުގެ ގިނިހިލައަކާއިގެން އައެވެ. ފަހެ ތިމަންކަލޭގެފާނު ((أَعُوْذُ بِاللهِ مِنْكَ)) މިފަދައިން 3 ފަހަރު ވިދާޅުވުމަށްފަހު ((أَلْعَنُكَ بِلَعْنَةِ اللهِ)) މިފަދައިން 3 ފަހަރު ވިދާޅުވީމެވެ. އެހާވަރުންވެސް އެކަލޭގެ ފަހަތަށް ނުޖެހުމުން، އެކަލޭގެ ހިފެހެއްޓެވުމަށް ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. އަހަރެމެންގެ އަޚް ސުލައިމާންގެފާނުގެ ދުޢާ ނުވާނަމަ، ހެނދުނުވުމުން މަދީނާގެ ކުޑަކުދިންތައް ކުޅުމަށްޓަކައި އެކަލޭގެ ބަނދެފައި ބެހެއްޓެވީމުހެވެ."

އެހެން ހާދިސާއެއްގައި ޝައިޠާނުންތަކެއް އެކަލޭގެފާނަށް ގެއްލުން ދިނުމަށްޓަކައި އައިސްފައިވެއެވެ. އިމާމް އަޙްމަދާއި އިބްނު އަބީ ޝައިބާ، ޢަބްދުއްރަޙްމާން ބުން ޚަންބަޝް رَضِيَ اللهُ عَنْهُ ގެ ކިބައިން މި ހާދިސާ ރިވާކުރައްވާފައިވެއެވެ. ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. "ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ގެއްލުން ދިނުމަށްޓަކައި ޝައިޠާނުންތައް ވާދީތަކުން އަންނަން ފެށިއެވެ. އަދި ފަރުބަދަތަކުގެ މަތިން ފައިބަން ފެށިއެވެ. އޭގެތެރޭގައި އަލިފާންގަނޑެއް ގެންގުޅުނު ޝައިޠާނެއްވެސް ހިމެނެއެވެ. އެކަލޭގެ ބޭނުމަކީ އޭގެން ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އަންދާލުމެވެ. އެހިނދު، ޖިބްރީލްގެފާނު ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ!" އެކަލޭގެފާނު ދެންނެވިއެވެ. "ތިމަންކަލޭގެފާނު ވިދާޅުވާންވީ ކޮން އެއްޗެއްތޯއެވެ؟" ޖިބްރީލްގެފާނު ދެންނެވިއެވެ. "ކަލޭގެފާނު މިފަދައިން ވިދާޅުވާށެވެ! ((أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَذَرَأَ وَبَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ)) ދުޢާގެ މާނައީ: "ހެޔޮލަފާމީހަކަށްވެސް އަދި ނުބައިމީހަކަށްވެސް، އެ ކަލިމަފުޅުތައް ފަހަނައަޅައިނުދެވޭ، ﷲގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެކަލާނގެ ހައްދަވައި، ފުރާނައަޅުއްވައި، ބިންމަތީގައި ފެތުރުއްވި އެންމެހާ މަޚްލޫޤުންގެ ނުބައިކަމުންނާއި، އުޑުން ފައިބާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އުޑަށް އަރާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އަދި ބިންމަތީގައި އެކަލާނގެ ފެތުރުއްވި ހުރިހާ މަޚްލޫޤޫންގެ ނުބައިކަމުންނާއި، އަދި ރޭގަނޑާއި ދުވާލުގެ ފިތުނަތަކުގެ ނުބައިކަމުންނާއި، އަދި ހެޔޮކަމަކާގެން ދިމާވާކަމެއް ފިޔަވައި ރޭގަނޑު ދިމާވާ ހުރިހާ ކަމެއްގެ ނުބައިކަމުން މިއަޅާ ރައްކާތެރިކަން އެދެމެވެ. يَا رَحْمَنُ" މިފަދައިން އެކަލޭގެފާނު ވިދާޅުވުމުން ޝައިޠާނުންގެ އެ އަލިފާންގަނޑު ނިވި، ﷲ عَزَّ وَجَلَّ އެބައިމީހުން ބަލިކުރެއްވިއެވެ."

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަހަރެމެންނަށް ޝައިޠާނުން ނުފެނުނުނަމަވެސް، އަދި ކޮންމެ މީހަކަށް ޝައިޠާނުންގެ އުނދަގޫތައް ފާޅުކަން ބޮޑުގޮތެއްގައި އިޙްސާސްނުކުރެވުނުނަމަވެސް، އެބައިމީހުންނަކީ ބަޔާންވެ ފާޅުވެގެންވާ އަހަރެމެންގެ ޢަދާވާތްތެރީންނެވެ. އަހަރެމެންނަށް ގެއްލުމެއް ދެވޭނެ ނުވަތަ އަހަރެމެންގެ ތެރޭގައި ފިތުނައެއް އުފައްދާލެވޭނެ ދަނޑިވަޅަކަށް އަބަދުވެސް ތިބޭނީ ފާރަވެރިވެއެވެ. އެހެންކަމުން، އަހަރެމެންގެ މައްޗަށް އޮތީ ކޮންމެ ހިނދެއްގައި މާތް ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުމެވެ. ހެޔޮލަފާ، ރަނގަޅުމީހެއްގެ ގޮތުގައިވުމެވެ. ނަމާދުތަކަށާއި ޛިކުރުތަކަށާއި ޤުރްއާން ކިޔެވުންފަދަ ހެޔޮކަންކަމުގައި ދެމިހުރުމެވެ. އޭރުން، މާތް ﷲގެ ރައްކާތެރިކަން ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ