އަފްޣާނިސްތާނުގެ ބަޣްލާން ޕްރޮވިންސްގައި ފެންބޮޑުވެފައި - ފޮޓޯ: އޭއެފްޕީ
ހަބަރު
11 May 2024 | 19:56
ބޯކޮށް ވާރޭވެހި އަފްޣާނިސްތާނުގައި 150 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުން އެތައް ބަޔަކު މަރުވެއްޖެއެވެ.

މިއަދު ޠާލިބާނުންގެ މިނިސްޓްރީ އޮފް އިންޓީރިއަރ އެފެއާޒުން ބުނީ، އަފްޣާނިސްތާނުގެ އުތުރުގައި ބޯކޮށް ވާރޭވެހި އުދައެރުމުގެ ސަބަބުން 153 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ފެން ބޮޑުވުމުގެ ސަބަބުން މިހާ ތަނަށް މަރުވި މީހުންގެ އަދަދު ވަނީ 160 އަށް އިތުރުވެފައެވެ. އަދި 117 މީހުން ޒަޚަމްވެފައިވާކަމަށްވެސް ލޯކަލް އޮފިޝަލުން ވިދާޅުވެއެވެ.

ޠާލިބާނުގެ ޑިފެންސް މިނިސްޓްރީއިން މިއަދު ހާމަކުރެއްވި ގޮތުގައި، ވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރުމަށް ސިފައިން ނެރެ، ޒަޚަމްވެފައިވި 100 އަށް ވުރެ ގިނަ މީހުން އެއަރ ފޯސްގެ އެހީގައި ވަނީ އަސްކަރީ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައެވެ. 

40 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަފްޣާނިސްތާނުގެ 80 އިންސައްތަ މީހުން ދިރިއުޅެން ބަރޯސާވަނީ ދަނޑުވެރިކަމަށެވެ. އެހެން ކަމުން ދަނޑުބިންތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ކާބޯތަކެތީގެ ދަތިކަމާވެސް ކުރިމަތިލާން ޖެހިފައެެވެ.

މީގެ އިތުރުން، ގެދޮރާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ބަޔަކު ވަނީ ޙާލުގައި ޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.