ކުރީގެ ރައީސް މުހައްމަދު ނަޝީދު—
ހަބަރު
12 May 2024 | 12:30
އިންޑިއާ ކަނޑުގެ މައްސަލަތަކަށް ވަނުމުގެ ދައުރެއް ޗައިނާގެ ނޯންނާނެ: ރައީސް ނަޝީދު

އިންޑިއާ ކަނޑާއި ގުޅޭ ކަންކަމާއި ގުޅޭ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ދައުރު ޗައިނާއަށް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންގައި ނެރޭ "މޯނިން" ނޫހަށް ދެއްވި ސުވާލާއި ޖަވާބުގެ އިންޓަވިއުއްގައި ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ މިހާރު ދުރުވެފައިވާ ކަމަށާ އޭގެ ސަބަބުން ރާއްޖެ އޮތީ ބަލިކަށިވެފައިކަމަށެވެ.  

އިންޑިޔާ ކަނޑަށް ނިސްބަތްވާ ގައުމުތަކުގެ ކަންކަން ބަލައި މައްސަލަތައް ހައްލު ކުރުމަކީ އެ ގައުމުތަކުން ކުރަންޖެހޭ ކަމެއް. އެކަމުގައި ޗައިނާއަށް ވަކި ހާއްސަ ދައުރެއް ނޯންނާނެ. އަހަރެންނަށް އެނގޭ މިހެން ބުނުމުން ސިޔާސީ ބައެއް ފަރާތްތައް އަހަރެންގެ މި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ބަލައި ނުގަންނާނެކަން. އަޅުގަނޑަށް މައްސަލައެއްނެތް ނުގަތަސް. އެކަމަކު، އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަކީ އިންޑިޔާ ކަނޑަށް ނިސްބަތްވާ ގައުމު ތަކުގެ ޒިންމާއެއް"

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިއާއެކު ނަޝީދު ވިދާޅުވީ، ރާއްޖެއާއި އިންޑިޔާއާއި ދެގައުމުގެ ބަދަހި ގުޅުމަށް ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި އިންޑިޔާއާއި ދެކޮޅުވެރިވެ “އެހެން ބައެއް” ހޯދުމަކީ ބޭކާރު ކަމެއް ކަމަށާ އިންޑިޔާއިންވެސް ކުދި ގައުމުތަކަށް އެއްބާރުލުންދޭންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއާއެކު ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ، ޗައިނާއިން މިހާތަނަށްވެސް ކުރި ކަމަކީ ދިވެހި ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ އަގުތައް ބޮޑު ކުރުން ކަމަށާ، ސިނަމާލެ ބްރިޖު އެޅުމުގެ ނަމުގައި ޗައިނާއިން ދޫކޮށްފައި ލޯނުތައް އަނބުރާ ދައްކައި ނުނިމޭނެ ކަމަށާއި އެއީ ދަރަނި ދަންތުރައެއް ކަމަށެވެ.

"އަމިއްލަ ގައުމުގެ އެކްސްޕާޓުންނާއި, ތަކެއްޗާއި، ކަމަށް ބޭނުންވާ ފައިސާ އެތެރެކޮށް ބްރިޖެއް ވެސް އަޅައިފި. އެކަމަކު އޭގެއިން ގަސްދުގައި އެހެނިހެން ވިޔަފާރިތައް އެބަ ފެއިލްވޭ," ޗައިނާއަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވެފައި ވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއާއި އިންޑިޔާއާއި އެކީގައި އުޅުން ނޫން ގޮތެއް ނެތެވެ. އަދި އިންޑިޔާއާއެކު މަސައްކަތް ކުރަން ދަސްކުރަން ރާއްޖެއިން ޖެހޭ ކަމަށާ ދެ ގައުމަކީ ހުރިހާ ގޮތަކުންވެސް ގުޅިލާމެހިފައިވާ ދެ ގައުމު ކަމަށާ އެކުގައި މަސައްކަތް ކުރި ވަރަކަށް ދެގައުމަށްވެސްވާ ފައިދާ ބޮޑުވާނެ ކަމަށެވެ. 

ކޮމެންޓް
ރައްޒާޤް
ނަސީދުތީ އިންޑިޔާގެ ޖަލްސާތަކަށްގޮސް މޯދީ ދިވެހިރާއްޖެއަށް ޖޯލުޖަހަން ހެދީމަ އަތްޖަހަންއިން މީހެއްނު މިގައުމު އިންޑިޔާއަށް ހިބަކޮށްދޭންނޫޅެބަލަ
12 May 2024
އަހުމަދު
މީ ހަމަ އިންޑިއާގެ ޕެޓް ބުޅަލެއް. ނަސީބެއް މި މުސީބާތުން މިފަހަރު ރާއްޖެ ސަލާމަތްވިކަން.
13 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.