ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ހަބަރު
12 May 2024 | 16:39
ދެ އިންތިހާބުން އެމްޑީޕީ ބަލިވީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުން: ރައީސް ނަޝީދު

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު ނުފުއްދުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ސްރީލަންގައި ނެރޭ "މޯނިން" ނޫހަށް ދެއްވި ސުވާލާއި ޖަވާބުގެ އިންޓަވިއުއްގައި ނަޝީދު ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ފެށިގެން ދިޔަ ޕާޓީ، އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ނިންމެވި ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވިދާޅުވީ، އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމަކީ ވަރަށް އުނދަގޫ ހިތްދަތި ނިންމެވުމެއް ކަމަށެވެ. އެހެން ނަމަވެސް، އެ ޕާޓީ އުފެއްދެވީ ވަކި އުސޫލު ތަކެއްގެ މައްޗަށް ކަމަށާ އެ އުސޫލުތަކަށް ބޯލަބަންޖެހޭ ކަމަށެވެ. 

އެހެންނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އެމްޑީޕީގެ އެ އުސޫލުތަކާއި ފެޔަށް އެ ޕާޓީޖެހެމުންދިޔަ ތަން ފެނިގެންދިޔަ ކަމަށާ، އެހެންކަމުން، އެ ޕާޓީއާއެކު ކުރިއަށް ދިޔުމަށް ދަތިވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ޑިމޮކްރެޓްސްގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާ އެހެން ނަމަވެސް، އެމްޑީޕީގެ އަސްލު އުސޫލުތައް ދިރުވުމަށް ޕާޓީއެއް އުފެއްދުން މުހިންމު ވާތީ ޑިމޮކްރެޓްސް އުފެއްދެވިީ ކަމަށް ވިދާޅުވިއެވެ.

މިއާއެކު ނަޝީދު ވިދާޅުވީ، އެމްޑީޕީން މެންބަރުން ވަކިވެ ޑިމޮކްރެޓްސް އުފެއްދި ފަހުން، އެމްޑީޕީއަށް ދެ އިންތިޚާބުގައުވެސް ނާކާމީޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުން ވަރަށް ހިތްދަތިވި ކަމަށާ އެހެންނަމަވެސް، ވީ ވަޢުދުތައް ނުފުއްދާ ނަމަ، އިންތިޚާބުތަކުގައި ކާމިޔާބު ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުއެވެ. 

އެމްޑީޕީ ވެރިކަމަށް އައީ ރާއްޖޭގައި އޭރު މޫލާފައި އޮތް ކޮރަޕްޝަންގެ އަމަލުތައް ނައްތާލަން ވަޢުދުވެގެން. އެކަމު އެކަމެއް ނުކުރެވުނު. ދަރަނި ރީ ސްޓްރަކްޗަރ ކުރާނެ ކަމަށް އެމްޑީޕީން ވަޢުދުވި. އެކަމަކު ކުރިންގެ ދަރަނި ދައްކަން އަނެއްކާ އިތުރަށް ލޯނުތައް ނެގީ. އެއީ ޒިންމާދާރުކަމެއް ނެތް ސަރުކާރަކުން ކުރާނެ ކަމެއް ކަމަށް އަޅުގަނޑުދެކެނީ. އެ ސަރުކާރުން ކުރުމަށް މެނިފެސްޓޯގައި ހިމެނި ކަންކަމެއް ނުކުރެވުނު. ވައުދުވީ ކަންކަން ކުރުމުގެ ބަދަލުގައި، ސަރުކާރުން އުޅުނީ “ބޭކާރު” ޕްރޮޖެކްޓް ތަކަށް އިންވެސްޓް ކޮށްގެން ދަރަނި އިތުރު ކުރަން. އެހެންވެ އަޅުގަނޑަށް އެ ޕާޓީއާއެކު ކުރިއަށް ނުދެވުނީ

މުހައްމަދު ނަޝީދު

މީގެ އިތުރުން ސިޔާސީ މައިދާނުގައި 50 އަހަރު އެކުގައި މަސައްކަތްކުރި ކުޑައިރުގެ ރަހުމަތްތެރިޔާ އަދި ދެބެންގެދެދަރި ކޮއްކޮގެ ފިރިކަލުން އާއި ގުޅުން ކަނޑާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެމްޑީޕީން ވަކިވެ ރައީސް ސޯލިހު އާ ދެކޮޅަށް މަސައްކަތް ކުރުން އުނދަގޫ ކަމަކަށްވި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ

ކޮމެންޓް
ލަތީފު
މަނިކުފާނުގެ ސަބަބުން މަނިކުފާނު ވެރިކަމާތޮޅެންހަދައިގެންގޮސް
12 May 2024
އަހުމަދު
އެމްޑީޕީ ހުރިހާ އިންތިހާބަކުން ބަލިވީ އެމީހުންގެ މުސީބާތުން ގައުމު ސަލާމަތް ވުމަށް މިންވަރުކުރެއްވީމަ. އެކަމާ މާތް ﷲއަށް ހަމްދު ކޮށް ސުކުރު ކުރަން.
13 May 2024
ކޮރުވަލި
މަނިކުފާނުގެ ސަބަބުންކަމާއި މެދު ޝައްކެއްނެތެވެ. މަނިކުފާނުގެ ބަރުލަމާނީއަކާއިގެން ވެރިކަމާތޮޅެންހަދައިގެންގޮސް ވެރިކަން ގެއްލުނީއެވެ.
13 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.