ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށްދާން ފުރަން ގޮސް ތިބި ބަޔަކާ އެމްޑީ ޝަކީލް ސަލާމް ކުރައްވަނީ - ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ހަބަރު
14 May 2024 | 08:33
އިލްތިމާސަކީ ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ކިޔު އަށް އަރައި ހައްޖަށް ދިޔުން: ޝަކީލް

އިލްތިމާސަކީ ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ދިޔުންކަމަށް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި, 1445 ވަނަ އަހަރުގެ ޙައްޖުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުުން ޝަކީލް ވިދާޅުވީ ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން ޙައްޖަށް ދާން މަޑުނުކޮށް، ޒުވާން ޢުމުރުގައި ވީހާވެސް އަވަހަކަށް ޙައްޖަށް ދާން ކިއު އަށް އެރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. 

އެގޮތުން، ވަރަށް ގިނަ ބޭފުޅުން، ކިއު ދިގުވީމާ، ކިއުއަށް އަރަން ފަސްޖެހޭކަން ފާަހަގަކުރައްވާ ޝަކީލް ވިދާޅުވީ، ކިއުއަށް އެރުއްވުމުން ޖާގަ ކަށަވަރު ވީ ކަމަށާއި، ކިއުއަށް ނާރާ މަޑުކުރައްވާނަމަ، ކިއު ދާނީ ދިގުވަމުން ކަމަށެވެ. އެހެންކަމުން، ކިއު ދިގުވާތީ، ކިއުއަށް ނާރާ މަޑުނުކުރެއްވުމަށް ޝަކީލް އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އަޅުގަނޑުމެންގެ މި ސޭވިންގ ސްކީމް މެދުވެރިކޮށްވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ތިބޭފުޅުން ހަމަ ޙައްޖު ކިއުއަށް އަރަައިވަޑައިގަތުމަށްޓަކާ ފައިސާ ދައްކަވާށޭ."

ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭގެ ޕްރޮގްރާމުގައި ޝަކީލް ވަނީ، މި އަހަރު ދިވެހިން ޙައްޖަށް ގެންދިޔުމަށް ވެފައިވާ ތައްޔާރީތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން ކުރިއާ ލައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި، ކޯޓާ އިތުރުވެއްޖެ ޙާލަތެއްގައިވެސް، މީހުން ޙައްޖަށް ގެންދިޔުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަން ތައްޔާރުވެވިފައިވާކަން ޝަކީލް ހާމަކުރެއްވިއެވެ.

އަދި ޙައްޖަށް ދިޔުމަށް ރައްޔިތުން ކުރައްވާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމެއްކަން ފާހަގަކުރައްވާ، ޝަކީލް ވިދާޅުވީ، ޙައްޖަށް ދިޔުމުގެ ޚަރަދުތައް ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށެވެ. އެގޮތުން ޝަރީޢަތް ހުއްދަކުރާ އެކި ވިޔަފާރިތަކަށް އިންވެސްޓުކުރަން ނިންމަވާފައިވާކަން ޝަކީލް ހާމަ ކުރެއްވިއެވެ. މީގެ ކުރިން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޙައްޖު ދަތުރު ތަކުގެ ޚަރަދު ކުޑަކުރުމަށް ރިއަލް އެސްޓޭޓަށް އިންވެސްޓު ކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ކޮމެންޓް
ދިވެހިން
ކޯޓާ ގްރޫޕްތަކަށް ކޮންމެވެސްވަރެއްގެ ޖާގައެއް ދިނުން އެދެން މިބޭފުޅުންގެ ބެލުމުގެދަށުގައި
14 May 2024
ގެދޮރުވެރިޔާ
ޔާމީނު ހަފާކައިގެން އަރައި އެންމެން ޙައްޖު ވަނީއެއްނު ތި
14 May 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.