ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ފަލަސްތީނުގެ ސަފީރު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
14 May 2024 | 10:26
ރައީސް މުޢިއްޒުގެ މީސްމީޑިއާ ޕޯސްޓާއެކު ފަލަސްތީނުގެ ޝުކުރު ރާއްޖެއަށް

ދިވެހިރާައްޖެ ފަލަސްތީނާއެކު ހުރިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ފަލަސްތީނުން ރާއްޖެއަށް ޝުކުރުއަދާކޮށްފިއެވެ. 

ފަލަސްތީނުގެ ޣައްޒާ ފުނޑުފުނޑުކޮށްލުމަށް ފަހު އެ ގައުމުގެ ރަފަހަ ސިޓީއަށް އަރައިގަތުމަށް އިޒްރޭލްގެ ޔަހޫދީ ސިފައިން ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރައްވަމުން ރައީސް މުޢިއްޒު ވަނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށް ވަކާލާތު ކުރުމުގައި ރާއްޖެ ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށާ އެ ގައުމަށް މިނިވަން ދައުލަތެއްގެ ޝަރަފު ލިބި ފަލަސްތީނު ރައްޔިތުންނަށް އަމާން ކަމާއި ސުލްހަވެރިކަން ލިބެންދެން އެ މަސައްކަތު ގައި ރާއްޖެ ހިންދެމި ނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އެ ޕޯސްޓް ރިޕޯސްޓް ކުރަމުން އދ.ގައި ހުންނަ ފަލަސްޠީނުގެ ދާއިމީ މަންދޫބުގެ އޮފީހުގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ފަލަސްތީނާއެކު ވާކަން ހާމަކުރެއްވި ކަމަށްޓަކައި ރާއްޖެއަށް ޝުކުރުއަދާކޮށްފައެވެ. 

ފަލަސްތީން މައްސަލާގައު އިއްޔެ ރައީސް މުއިއްޒު ވަބީ ބަޔާނެއްވެސް ނެރުއްވާފައެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ ރަފަހަ ވަށާލާ އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ އިޒްރޭލް ހުއްޓުވަން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގޮވާލައްވާ ފައެވެ.

މިއީ އިޒްރޭލް ހުއްޓުވަން ވީ ވަގުތު ކަމަށާ އިޒްރޭލްގެ އަނިޔާވެރި ކަމާއި ޖަރީމާތަކަށް މުޅި ދުނިޔެ ލޯ މަރާލައިގެން ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ހައްގުގައި އުފުލަމުންދާ އަޑު ގަދަވެ ބައިބޯ ވަމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރެވޭ ވަކާލާތު ގައި ރާއްޖެ ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ.

އަދި އައިސީޖޭއަށް ހުށައަޅާފައިވާ މައްސަލާ ގައި އިޒްރޭލް ހުއްޓުވަން އިތުރު ފިޔަވަޅުތަކެއް އަޅަން ހުށައަޅާފައި އޮތް އޮތުމަށް ރާއްޖެ ފުރިހަމައަށް ތާއީދު ކުރާނެ ކަމަށެވެ.އަދި ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށް ވަކާލާތު ކުރުމުގައި ރާއްޖެ ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށާ އެ ގައުމަށް މިނިވަން ދައުލަތެއްގެ ޝަރަފު ލިބި ފަލަސްތީނު ރައްޔިތުންނަށް އަމާން ކަމާއި ސުލްހަވެރިކަން ލިބެންދެން އެ މަސައްކަތު ގައި ރާއްޖެ ހިންދެމި ނުލާނެ ކަމަށެވެ.

ކޮމެންޓް
ޔޫ އެން
އެހެންވެ ދޯ އިޒުރޭލު ގެ ޕާސްޕޯޓް މަނާ ކުރަން މަޖިލީހުން ނިންމީ މަ ވެސް އެކަން ވެސް ނުކުރާނެ ކަމައް ބުނީ..... ބޭރުފުށުން ދަޅަ ދައްކައިގެން އުޅެނީ މުނާފިގުން....
14 May 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.