ދަތުރުކުރަމުންދާ ޓެކްސީއެއް - ފޮޓޯ: ވޮއިސް
ހަބަރު
14 May 2024 | 19:53
ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލު ގެނެސްފި

މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރުކުރުމަށް ނެގޭނެ އަގުތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަލުން ކަނޑައަޅައިފި އެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައިވަނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލު ގެންނަކަމަށާއި، ބަދަލު ގނެސްފައިވާ އަގުތަކަށް 20 މޭ 2024 ވާ ހޯމަ ދުވަހުން ފެށިގެން ޢަމަލުކު ރަންޖެހޭނެ ކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން، ޓެކްސީ ކުރެވޭނެ ބައެއް އަގު ތަކަށް ބަދަލު ގެނެސް، ޓެކްސީ ކުރެވޭނެ ކަމަށް ކަނޑައެޅި އަގުތަކަކީ:

- ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް):

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/30ރ

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/45ރ

މާލެ އާއި ހުޅުމާލެ ފިޔަވަހި 1 އާ ދެމެދު: 

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/85ރ

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/130ރ

މާލެ އާއި ހުޅުމާލެ ފިޔަވަހި 2 އާ ދެމެދު: 

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/100ރ

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/155ރ

މާލެ އާއި އެއަރޕޯރޓާ ދެމެދު އެއާޕޯޓަށް: 

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/70

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/110

ހުޅުމާލެ 1 ވަނަ ފިޔަވައްސާއި 2ވަނަ ފިޔަވައްސާ ދެމެދު:

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/40

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/60

ހުޅުމާލެ 1 ވަނަ ފިޔަވައްސާއި އެއަރޕޯޓާ ދެމެދު:

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/80

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/125

ހުޅުމާލެ 2 ވަނަ ފިޔަވައްސާއި އެއަރޕޯޓާ ދެމެދު:

     6 ސީޓަށްވުރެ ދަށުގެ އުޅަނދެއް ނަމަ -/80

     7 - 10 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ -/125

މީގެ އިތުރުން އެއާޕޯޓަށް ކުރާ ދަތުރުގައި 6 ސީޓަށްވުރެ ދަށުގެ އުޅަނދެއް، ނަމަ ޑޮމެސްޓިކް ޓާމިނަލަށް ދާނަމަ މިހާރު ކަނޑައަޅާފައިވާ އަގުގެ އިތުރުން 10 ރުފިޔާ ނެގޭނެެ އެވެ. އަދި 10 - 7 ސީޓާ ދެމެދުގެ އުޅަނދެއް ނަމަ، ކަނޑައަޅާފައިވާ އަގުގެ އިތުރަށް 15 ރުފިޔާ ނެގޭނެއެވެ.

އަދި ޓެކްސީއަށް އަރުވާ ލަގޭޖްގެ އަދަދު ތިން ލަގެޖަށް ވުރެ އިތުރުވާނަމަ ކޮންމެ ލަގޭޖަކަށް އިތުރު 5 ރުފިޔާ ނެގުމުގެ ހުއްދަވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ޓެކްސީތަކަށް ދީފަ އެވެ. 

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލު ގެނައީ، ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ޚަރަދުފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ޚިދުމަތް ލިބިގަންނަ ޢާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށެވެ.

ކޮމެންޓް
މޯރީ
ކަމަކުނުދޭ ތި އަގުތަކެއް 7 ސީޓް އަގުހަދާފަ އެކަނި މިހާރު މާލެތެރެ މިހާާބާރުބޮޑް އިރު 30ރ ކުޑަ ސުއޫރު ފާޅުކުރަން ޓެކުސީ ޑްރައިވަރުން ނިކުނަން ޖެހިދާނެ
14 May 2024
ކިޔުންތހެރިޔާ
ޓެކްސީގެ އަގުތައް ކުޑަކުރުމަށް އެތަކެއް ތަކުލީފުތަކެއް ރައްޔިތުން އުފުއްލަން ޖެހިފަ ހުއްޓާ ޓެކްސީގެ އަގުތައް ކޮންޓްރޯލް ކުރެވުނީ. އަނެއްކާވެސް ޓެކްސީ ޑްރައިވަރުންގެ އަޅަކަށް ރައްޔިތުމީހާ ހަދާ ތަން މި ފެންނަނީ.
15 May 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.