ކްރިމިނަލް ކޯޓް
ހަބަރު
15 May 2024 | 15:44
އާޤިލްގެ މަރުގެ މައްސަލަ: ވިޝާމްގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފި

ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ކޮކާ، އިބްރާހީމް އާޤިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން އޭނާ ނިޔާވެފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ ހއ. ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އާގިލްގެ ނިޔާވެފައިވަނީ، 31 އޯގަސްޓް 2018 ދުވަހުގެ 19:30 ހާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ދިމާލުން ބޮޑުތަކުރުފާނުމަގުގައި އޭނާ ހުއްޓައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން ލިބުނު އަނިޔާ ތަކަށް ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

މި މައްސަލާގައި ވިޝާމްގެ އިތުރުން ދެން ދައުވާ ކޮށްފައިވަނީ، ލ. ފޮނަދޫ، ހިޔާ، ޙަމްދޫން ހަމްޒަތުއާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، ޢަލީ މިޖުވާދު މާލިކު އިބްރާހީމްގެ މައްޗަށެވެ. 

އެތަނުން ވިޝާމްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤާޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. 

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނޫީ، ޢާޤިލުއަށް ވ. ފުލިދޫއިން މާލެއަށް އައުމަށް ލޯންޗެއް ހަމަޖައްސައިދީ، ޢާޤިލުއާއެކު ވ. ފުލިދޫއިން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗުގައި އިނދެ އެލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ދިމާލަށް ލަފާނެކަމުގެ މަޢުލޫމާތު މާހިރުއަށްދީ، އިބްރާހީމް ޢާޤިލު މަރާލުމަށް އެހީތެރިވެފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ. 

މީގެ އިތުރުން ލ. ފޮނަދޫ ހިޔާ ޙަމްދޫން ހަމްޒަތު އާއި އަދި ޢަލީ މިޖުވާދު މާލިކު އިބްރާހީމްގެ މައްޗަށް ކޮށްފައިވަނީތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. 

މި މައްސަލައިގައި ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ސާބިތުނުވާކަމަށް، 15 މޭ 2024 ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އަދި ޢަލީ މިޖުވާދު މާލިކު އިބްރާހީމް، ޙަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ. އެ ދެމީހުންގެ ބައި އޮތީ ޙުކުމް ކުރުމުގެ މަރުޙަލާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.