ދަތުރުކުރަމުންދާ ޓެކްސީއެއް - ފޮޓޯ: ވޮއިސް
ހަބަރު
15 May 2024 | 21:28
ބައެއް ޓެކްސީ އެޕްތަކުން އަމިއްލައަށް އަގު ކަނޑަައަޅާ މައްސަލަ ބަލާނަން - ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބު

ބައެއް ޓެކްސީ އެޕްތަކުން އަމިއްލައަށް އަގު ކަނޑަައަޅާކަމަށާއި، މި މައްސަލަ ބަލާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ދެ ނައިބުން، ޢަލީ ނިޝާނާއި ޢަލީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ، ނައިބު ޢަލީ މުޙައްމަދު ވިދާޅުވީ، ބައެއް ޓެކްސީ އެޕްތަކުން، އުޞޫލާ ޚިލާފު އަގުތަކެއް ނަގާކަމަށާއި، ނަމަވެސް ގިނަ ޑްރައިވަރުން ޑިމާންޑުކުރަނީ، އެޕްތަކަށް ކަމަށް ވާއިރު، ޑްރައިވަރުންގެ އެންމެ ބޮޑު ޝަކުވާ އަކީވެސް މިއީ ކަމަށެވެ.

"އެޕްތަކުން ކުރާ ދަތުރުތަށް އެ ބޭފުޅުން (ޑްރައިވަރުން) ޙަޤީގަތުގަ މި ޑިމާންޑު ކުރަމުން ދަނީ. އެކަމު ޙަޤީގަތުގަ އެ އެޕްތަކުން ކުރެވިގެންދާ ދަތުރުތަކަކީ ކުރިން މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކެއް ނޫން. އެބޭފުޅުން އަމިއްލައަށް ހައްދަވާފައިވާ އަގުތަކެއް"

ޢަލީ މުޙައްމަދު ވިދާޅުވިއެވެ. 

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މަދަނީ އުދުހުންތަކާ ބެހޭ ވަޒީރުގެ ނައިބު ޢަލީ ނިޝާން ވިދާޅުވީ، މި މައްސަލަ ޙައްލުކުރުމަށް ޓެކްސީ އެޕްތައް ހިންގާ ފަރާތްތައް ހޯދާ، އެ ފަރާތްތަކާ ގުޅިގެން، ޓެކްސީ ކުރަނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކުގައިތޯ ބަލާނެ ކަމަށެވެ.

އެގޮތުން، މިނިސްޓްރީއިން މިއަދު އަލަށް ކަނޑައެޅި އަގުތަކަށް ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައިވާ ދުވަހަކީ 20 މޭ 2024 ވާ ހޯމަ ދުވަސްކަމުން، އެ ދުވަހަށްފަހު، ޓެކްސީ އެޕްތަކުން، ނަގަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އަގުތައްތޯ ވަރަށް ބޮޑު އިސްކަމެއް ދީގެން އެ ވުޒާރާއިން ބަލާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ފަށައިފިން. މިހާރު ޓެކްސީ ސެންޓަރުތަކާ އެއްކޮށް އަޅުގަނޑުމެން ބައްދަލުވުންތަކެއް ބާއްވާނަން. މިހާރު އެޕްތައް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ދެނީ ކޮންކޮން ބައެއްތޯވެސް ބަލާނަން"

ނިޝާން ވިދާޅުވިއެވެ. 

މީގެ އިތުރުން ނައިބު، ނިޝާން ވިދާޅުވީ، ޓެކްސީއަކުން، ވުޒާރާއިން ކަނޑައަޅަފައިވާ އަގުތަކާ ޚިލާފަށް އަގު ނަގާނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޢާންމު ރައްޔިތުންނަށް މިހާރުވެސް އޮންނާނެ ކަމަށެވެ.

ރާއްޖޭގައި، ޤަވާއިދާ ޚިލާފަށް ޓެކްސީއިން އަގު ނަގާ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެހެންކަމުން މިކަން ޙައްލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިއްޔެ މާލެ ސަރަހައްދުގައި ޓެކްސީކުރެވޭނެ އަގުތައް އަލުން ކަނޑައަޅާ ޢާންމުކޮށްފަިއވާއިރު، އެ ވުޒާރާއިން ވިދާޅުވި ގޮތުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލު ގެނައީ، ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ޚަރަދުފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ޚިދުމަތް ލިބިގަންނަ ޢާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.