ފަލަސްތީނަށް އެހީ ހިފައުގެން ދިޔަ ޓްރަކުގައި ހުރި ތަކެތި ޔަހޫދީން ހަލާކު ކުރަނީ
ދުނިޔެ
16 May 2024 | 09:46
ޣައްޒާއަށް ދިޔަ އެހީގެ ޓްރަކެއްގައި ހުރި ތަކެތި އިސްރާއިލުގެ ޔަހޫދީން ހަލާކުކުރަނީ

ހަރުކަށި ޔަހޫދީންގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ޓްރަކެއްގައި ހުރި ތަކެތި ހަލާކުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ. 

އަލްޖަޒީރާއިން ބުނެފައިވާގޮތުން މިއީ އަންގާރަ ދުވަހު ހިނގާފައިވާ ހާދިސާއެކެވެ. އަދި ޓްރަކުގައި ހުރި އެހީ ތަކަށް ގެއްލުންދީފައުވަނީ ފަލަސްތީނާއި ދެކޮޅަކަށް އިހްތިޖާޖު ކުރަމުންދިޔަ ޔަހޫދީން ތަކެކެވެ.

އެގޮތުން ފަލަސްތީނަށް ގަދަކަމުން ވެރިވެގެންފައިވާ ޔަހޫދީން ތަކެއް، ވަނީ ޣައްޒާގައި ހައިހޫނުކަމާއިއެކު، އަސާސީ އެހީތަކަށް ބޭނުންވެފައި ތިބި މުސްލިމުންނަށް އެހީ ހިފައިގެންދިޔަ އެ ޓްރަކް ހުއްޓުވައި، އޭގައި ހުރި ފޮށިތައް އުކާލައި، އެއަށް ފައިން އަރައި ހަލާކުކޮށްފައެވެ. 

އެ ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ އެއީ، އެތަކެއް އާއްމުން ވެގެން ފަލަސްތީނަށް ފޯރުކޮށްދިން އެހީ އަކަށް ވާއިރު ޔަހޫދީންގެ އެ އަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. 

ޚާއްސަކޮށް ފަލަސްތީނުގައި ބޭސް ފަރުވާ އާއި، ކާބޯތަކެއްޗާއި އެންމެ އަސާސީ ބޭނުންތަކަށް ޖެހިފައި ތިބި އެތައް ބަޔަކު ތިބި އިރު މިއީ އިންސާނިއްޔަތައް ވެސް ދިން ބޮޑު އަނިޔާ އެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. 

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނުރައްކާތެރި ހަމަލާތައް ދެމުންގެންދާ ޣައްޒާގައި ރައްކާތެރި އެއްވެސް ހިސާބެއް ނެތެވެ. އެތައް ހާސް އާއިލާތަކެއް ބިކޮށް، އެތައް ހާސް އާއިލާއެއްގެ ގެދޮރު ވަނީ ސުންނާފަތިކޮށްލާފައެވެ. 

މި ހަމަލާތަކުގައި މިހާތަނަށް 35،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 78،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.