ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ދެކޮޅަށް ހާވާޑް ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާ ކުރަނީ-- ފޮޓޯ: ދި ހާވާޑް ކްރިމްސަން
ދުނިޔެ
16 May 2024 | 13:25
ދަރިވަރުން އެދުނުގޮތަށް ހާވާޑް ޔުނިވާސިޓީން އިސްރާއީލަށް ފަންޑުކުރާ ފަރާތްތަކާއި އޮތް ގުޅުން ކަނޑާލަނީ

ދަރިވަރުން އެދުނުގޮތަށް ދުނިޔޭގެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވާސިޓީން އަނިޔާވެރި އިސްރާއީލަށް ފަންޑުކުރާ ފަރާތްތަކާއި އޮތް ގުޅުން ކަނޑާލުމަށް ނިންމައިފިއެވެ.

ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުން އަންނަ ގަތުލުއާއްމާއި ދެކޮޅަށް ހާވާޑް ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާ ކުރަމުން އަންނަތާ ތިން ހަފްތާ ވެފައިވާއިރު، ޔުނިވާސިޓީން މި ނިންމި ނިންމުމާއި ގުޅިގެން ދަރިވަރުން އަމިއްލަ އަށް މުޒާހަރާ ސުލްހަވެރިކަމާއި އެކު ނިންމާލިއެވެ.

ގާތްގަނޑަކަށް 50 ބިލިއަނާއި ގާތަށް އަގުކުރެވޭ ދުނިޔޭގެ އެންމެ ބޮޑު އެކަޑަމިކް އެންޑޯމެންޓް އޮންނަ ހާވާޑް ޔުނިވާސިޓީން މިފަދައިން ނިންމީ އެ ޔުނިވާސިޓީގެ ހާވަޑްގެ ވަގުތީ ރައީސް އެލަން ގާބަރ އެ ޔުނިވާސިޓީގެ ބައެއް ޕްރޮފެސަރުންނާއި ޑީން އިންނާއި އެހެނިހެން ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހުއެވެ.

އެގޮތުން އެ ޔުނިވާސިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ބައްދަލުވުން ތަކަށްފަހު ދަރިވަރުން އެދެމުންދިޔަ ފަދައިން އިސްރާއީލާއި ޔަހޫދީ ފައުޖަށް މާލީ އެހީތެރިކަން ދޭ ކުންފުނިތަކާއި އެކީ ހާރްވާޑް ޔުނިވަސިޓީން ހަދާފައިވާ މާލީ ހުރިހާ އެއްބަސްވުން ތަކާއި މުއާމަލާތް ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ދަރިވަރުން އެދުނުފަދައިން އެ ޔުނިވާސިޓީގެ 20 ދަރިވަރުންނާއި މުއައްޒަފުންނަށް އަނބުރާ އެމީހުންގެ މަގާމުތައް ދިނުމާއި އެކު، އިތުރު 60 ފަރާތަކަށް ޑިސިޕްލިނަރީ ފިޔަވަޅު ނޭޅުމަށް ވެސް ޔުނިވާސިޓީން ވަނީ އެއްބަސްވެފައެވެ.

ހާވާޑް ޔުނިވާސިޓީގެ އިތުރުންވެސް ނަން މަޝްހޫރު ކޮލަމްބިއާ ޔުނިވާސިޓީ ހިމެނޭހެން އެމެރިކާގެ 80 ޔުނިވާސިޓީއެއްގައި ވަނީ ޣައްޒާގެ ގަތުލުއާއްމާއި ދެކޮޅަށް އަޑުއުފުލާ، މުޒާހަރާ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.