ސުނިލް ޗެތްރީ
ކުޅިވަރު
16 May 2024 | 19:48
ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ބެންގަލޫރު އެފްސީގެ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ފޯވާޑް ކުޅުން ހުއްޓާލަން ނިންމި ވާހަކަ މިއަދު އިއުލާން ކުރީ ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯ މެސެޖެއްގައެވެ. އަދި ޗެތުރީ ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗަކަށް ވާނީ އަންނަ ޖޫން މަހު ހަވަނަ ދުވަހު އިންޑިއާ އިން ކުވައިތާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗެވެ.

2005 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ޗެތްރީ ވަނީ ފާއިތުވެދިޔަ 19 އަހަރުގެ ތެރޭގައި އިންޑިއާ ގައުމީ ޓީމަށް 150 މެޗު ކުޅެ 94 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި  މިވަގުތު ގައުމީ ޓީމުތަކަށް ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ޗެތުރީއަށްވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައި ވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ މިލިސްޓުގެ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެވަނައިގައި އޮތް ލިއޮނަލް މެސީއެވެ. 

ޗެތުރީ މިއަދު ހިއްސާކުރި ވީޑިއޯ މެސެޖުގައި ބުނެފައި ވަނީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗާއި ގައުމީ ޓީމަށް ޖެހި ފުރަތަމަ ގޯލުވެސް އަދިވެސް، ތާޒާކޮށް ހަނދާން އެބަހުރި ކަމަށެވެ. އަދި އެ މެޗުން ފެށިގެން މިއަދާ ހަމައަށް ކުޅުނު ކޮންމެ މެޗެއްގައިވެސް ގައުމީ ޖާޒީ ރަމްޒުކުރީ ޝަރަފާއި ފަހުރާ އެކުގައި ކަމަށް ޗެތުރީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން އެއީ އޭނާއަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. ގައުމުގެ ހިދުމަތަށް އަބަދުވެސް ތައްޔާރަށް ހުންނާނެ ކަމަށް ބުނަމުން ޗެތުރީ ބުނީ، މިދިޔަ ދެ ހަފުތާއެއް ދުވަހު އޭނާ ވިސްނި ވިސްނުމުގައި ދެން ކުޅެން ޖެހޭނީ ގައުމީ ޓީމަށް އެންމެ ފަހު މެޗެވެ.

އެ މެޗު ކުޅެން ނިންމީ، ގައުމީ ޓީމުގެ ފޯވަޑް ލައިން ޒުވާން ހުނަރުވެރި ކުޅުންތެރިންނާ ހަވާލުކުރުމަށް ކަމަށްވެސް ޗެތުރީ ބުންޏެވެ.

ޗެތުރީ ވަނީ އިންޑިއާގެ ގައުމީ ޓީމައެކު 2007، 2009ގެ އިތުރުން 2012 ވަނަ އަހަރުގެ ނެހުރޫ ކަޕް ކާމިޔާބުކުރުމުގެ އިތުރުން، 2008 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކޮށް، 27 އަހަރަށްފަހު އިންޑިއާއަށް އޭޝިއަން ކަޕުން ޖާގަ ހޯދައިދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން އިންޑިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދާފައިވާ ޗެތުރީ ވަނީ އިންޑިއާގެ ގައުމީ ޓީމާއެކު ހަތަރު ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން ވެސް ހޯދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.