ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހަބަރު
17 May 2024 | 11:35
ދިވެހިންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާކެޓުތަކުން އާމުދަނީ ހޯދޭނެ މަގުފަހި ކުރާނަން: ރައީސް މުޢިއްޒު

ދިވެހިންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާކެޓުތަކުން އާމުދަނީ ހޯދޭނެ މަގުފަހި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރަމުންދާ، ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓްގައެވެ. 

މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި، ދިވެހިންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާކެޓްތަކުން އާމުދަނީ ހޯދޭނެ މަގުފަހިކުރާނަމެވެ

ރައީސް ޑރ މުހައްމަދު މުޢިއްޒު

މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ފަހުގެ ވަސީލަތްތައް ރާއްޖޭގައި ޤާއިމުކޮށް އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޤުތިޞާދަކަށް ފަހިކުރުމަށް ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުންކުރުމާއެކު، އީކޮމާސް ޕްލެޓްފޯމުތަކުގައި ދިވެހިންނަށް ސެލާ އެކައުންޓުތައް ހުޅުވާނެ ގޮތް ހަދައިދީ އޮންލައިން އެކި މަންސަތައް މެދުވެރިކޮށް ވިޔަފާރިކުރެވޭނެ މަގުފަހި ކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. 

މި އަހަރުގެ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހުގެ ޝިއާރަކީ “ދެމެހެއްޓެނެވި ތަރައްޤީއަށް ޑިޖިޓަލް އީޖާދުތައް” މި ޝިއާރެވެ. އެއިން ދޭހަކޮށްދެނީ އުފެންދުންތެރި އީޖާދީ ޓެކްނޮލޮޖީތަކާއެކު ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރެވޭނެކަމަށް ޤަބޫލުކުރުމެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.