ރާއްޖެއާއި ސައުދީއާމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މާލީ ވުޒާރާ
ހަބަރު
17 May 2024 | 12:44
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ސައުދީ ފަންޑުންދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ކަންކަމަށް ސައުދީ ފަންޑުން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

މި ލޯނު ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ދިވެހި ސަރުކާރާއި ސައުދީ ފަންޑުގެ މެދުގައިވަނީ ސޮއިކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީގެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުންދާ ސައުދީ ފަންޑުގެ އެންމެ އިސްވެރިޔާ ސުލްޠާން އަބްދުއްރަހްމާން އަލްމުރްޝަދެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީން ހަމަޖައްސައިދިން 100 މިލިއަން ޑޮލަރުގެ ލޯނާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫޢުގެ ދުވެލި އަވަސްވާނެ ކަމަށެވެ. އަދި އެ މަޝްރޫޢު ނިމުމުން ރާއްޖޭގެ އިޤުތިޞާދަށް ގިނަގުނަ ފައިދާތައް ލިބޭނެކަމަަށްވެސް އެ ވުޒާރާއިން ބުންޏެވެ. 

މީގެ އިތުރުން އެއާޕޯޓު މަޝްރޫޢު ނިމުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އިތުރު އެއާލައިންތަކަށް ޖާގަ ލިބި ވިޔަފާރިއާއި ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި ސިނާއަތްތައް އިތުރަށް ކުރިއަރާނެ މަގުތައް ފަހިވާނެކަންވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. 

އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.

ސައުދީ ފަންޑުގެ ސީއީއޯ މަރުޝަދު ވިދާޅުގޮތުގައި ސައުދީގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ ހަތް މިލިއަން ފަސިންޖަރުންތައް އިތުރު ކުރެވޭނެ އެވެ.

މި 100 މިލިއަން ޑޮލަރުގެ އިތުރުން، ސިއްހީ ދާއިރާގެ ތަރައްޤީއަށް ހިންގާ މަޝްރޫޢަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށްވެސް އިއްޔެ ވަނީ އެއްބަަސްވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ފުޅާކުރުމުގެ މަޝްރޫޢަކީ މި ސަރުކާރުން އެންމެ އިސްކަންދީގެން އަވަހަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ އެއް މަޝްރޫޢެވެ. މި އަހަރުގެ ތިންވަނަ ކުއާޓާ ނިމޭ ހިސާބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް