ބަޔަކު މީހުން ޚުތުބާ އަޑު އަހަނީ
ދީން
17 May 2024 | 12:55
ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ހަނގުރާމަ ކުރައްވާނެ ކަމަށް އަބޫބަކުރުގެފާނު ވަނީ ވިދާޅުވެފައި: ޚުތުބާ

ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ހަނގުރާމަ ކުރައްވާނެ ކަމަށް މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަالله ޢަންހު ވިދާޅުވެފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މުދަލު ޒަކާތުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ މާތްالله އެކަލާނގެ އަޅުތަކުން ޚަލްޤު ކުރައްވާފައިވަނީ ސިފަޔާއި، ޠަބީޢަތާއި، ރިޒުޤުތަކުގައި ތަފާތު ވަނިވިގޮތުގައި ކަމަށާ ރިޒުޤު ހޯދުމާއި ދެއްވުމުގައި ވެސް އެތަފާތު ކުރައްވާފައިވާ ކަމަށެވެ. 

އަދި މާތް الله އަހަރެމެން އިންސާނުންނަށް ޢަދަދު ނުކުރެވޭހާ ގިނަގުނަނިޢުމަތްތައް ދެއްވާފައިވާއިރު މުދާވެރިކަމާއި ތަނަވަސް ކަމަކީ، މާތް اللهއިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރި ނިޢުމަތެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ މާތް الله އެވެ. އެހެންކަމުން، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން، އެމުދަލުން ފަޤީރުންނަށާއި މިސްކީނުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެ، اللهގެ މަގުގައި ހޭދަކުރަން ޖެހެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ "އަދިތިޔަބައިމީހުންނަށް ދެއްވާފައިވާ اللهގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!" މާތް الله އަންގަވާފައިވާގޮތަށް މުދަލާއި ފައިސާއިން ހޭދަކުރުމީސުވަރުގެއަށް ވާޞިލުވުމުގެ މަގެކެވެ. 

ޚުތުބާ

ރަސޫލާ ޞޢވ ޙަދީޘް ކުރައްވާފައި ވެއެވެ. (اِتَّقُوا اللّٰهَ رَبَّكُمْ، وَصَلُّوْا خَمْسَكُمْ، وَصُوْمُوْا شَهْرَكُمْ، وَأَدُّوْا زَكَاةَ أَمْوَالِكُمْ، وَأَطِيْعُوْا ذَا أَمْرِكُمْ، تَدْخُلُوْا جَنَّةَ رَبِّكُمْ) މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް تَقْوَىވެރިވާށެވެ! އަދި ފަރްޟު ފަސްނަމާދުކުރާށެވެ! އަދި رَمَضَان މަހު ރޯދަހިފާށެވެ! އަދި މުދަލުން ޒަކާތްދޭށެވެ! އަދި އަމުރުވެރީންގެ އަމުރަށް ކިޔަމަންވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ސުވަރުގެއަށް، ތިޔަބައިމީހުން ވަންނަހުށްޓެވެ."

މިއާއެކު ޚުތުބާގައި ބުނީ، ޒަކާތް ދިނުމީ އީމާންކަމުގެ އަހުލުވެރީންގެ ސިފައެއް ކަމަށެވެ. އަދި މުދަލު ޒަކާތަށް ޒަކާތުގެ ނަމުން ނަންދެވުނީ ޒަކާތް ދިނުމުގެ ސަބަބުން ޒަކާތްދޭ މީހާ ޙަރާމް ކަންކަމުން ޠާހިރު ކޮށްދޭތީ ކަމަށާ އެމުދާ އިތުރުވެ އެއަށްބަރަކާތް ލެއްވި ގިނަ މަންފާތަކެއް ލިބުމުގެ ސަބަބެއް ކަމުގައި ވާތީ ކަމަށެވެ. 

މުދަލަށް ލޯބިކުރުމާއި، މުދަލަށް ދަހިވެތިވުމަކީ އިންސާނާގެ ފިޠުރަތުގައިވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ ކަން އެހެން ހުރި ނަމަވެސް، ސަލާމަތްކަމާއި އަމާންކަމުގެ މަގު ދޫކޮށްލައި، ދަހިވެތިވެއްޖެ ކޮންމެ މީހަކަށް އޮތީ ނާމާންކަމާއި ބިރުވެރިކަން ކަމަށެވެ.  

މާތް الله ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ. "އަދި ދަހިވެތިވެ، الله ފިޔަވައި އަމިއްލަޔަށް ފުދިގެންކަމަށްހީކޮށް، އަދި އެންމެ ހެޔޮބަސް ދޮގުކުރިމީހާ ދަންނާށެވެ! ފަހެ، ތިމަންރަސްކަލާނގެ ދަތިކަންހުރި މަގަށް އެމީހަކަށް މަގު ފަހިކޮށްދެއްވާ ހުށީމެވެ. އަދި އެމީހާ (ނަރަކަޔަށް) ވެއްޓޭހިނދު، އެމީހާގެ މުދާ އެމީހާޔަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ."

މުސްލިމުންގެ މުދަލުން ޒަކާތަށް ކަނޑައެޅިފައިވާ މިންވަރު ނެރުމަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައި ވީހިނދު، ޒަކާތް ވާޖިބުވެއްޖެ ކޮންމެ މީހަކުމެ، ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ. ވީމާ، މުދަލުޒަކާތް ދެއްކުމުގައި ފަރުވާކުޑަނުކޮށް ދީނީ މި ވާޖިބު އޭގެ ފުރިހަމަގޮތުގައި އަދާކުރުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައި ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ޚުތުބާގައި ބުނީ، ޒަކާތްދިނުމާއި ޞަދަޤާތް ދިނުމުގެ ދުންޔަވީ މަންފާތަކުގެ ތެރޭގައި ތިމާގެމުދާ ޠާހިރުވުމާއި ބަލިތަކަށް ޝިފާލިބުން ލައްވާފައިވާ ކަމަށެވެ.

 ޒަކާތް ދެއްކުމަށް އިންކާރުކޮށް، ޒަކާތް ދެއްކުމަށް ދެކޮޅު ހެދި މީހުންނާ ބެހޭގޮތުން މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ވިދާޅުވެފައިވެއެވެ. "الله ގަންދެއްވައި ވިދާޅުވަމެވެ. ނަމާދާއި، ޒަކާތް ތަފާތުކޮށްފި މީހަކާ ތިމަންކަލޭގެފާނު ހަނގުރާމަ ކުރައްވާހުށީމެވެ. ފަހެ ހަމަކަށަވަރުން ޒަކާތަކީ މުދަލުން އަދާކުރަންޖެހޭ ޙައްޤެކެވެ."

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވާނޭކަމަށެވެ. އަދި ޙަސަދަވެރިކަމާއި، ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލާނޭ ކަމަށެވެ. ހަމައެހެންމެ، އެބައިމީހުންގެ މެދުގައިފަޤީރުކަންނެތި، މުޖްތަމަޢުގެ އެންމެހައި ފަރުދުން ފުދުންތެރި ބަޔަކަށް ވާނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ