ރައީސް ޑރ މުހައްމަދު މުޢިއްޒު އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން: ފޮޓޯ/ މިހާރު
ހަބަރު
17 May 2024 | 16:46
ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވާކަށް ނޭދެން، އިސްކަން ދެނީ ހިލޭ އެހީއަށް: ޗައިނާ

ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވިޔަ ނުދީ ހިލޭ އެހީ ފޯރުކޮށްދިނުމަށް އިސްކަންދެއްވާނެ ކަަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާއާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ، ރާއްޖޭއަށް ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ފަސޭހަ ކުރުމަށްޓަކައި ދެގައުމުގެ ޓެކްނިކަލް ސްޓާފުން މަޝްވަރާތަކެއް ކުރަމުން ގެންދަވާ ކަމަށާއި އަދި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް ވިސްނާފައި ނުވާކަމަށެވެ. އަދި ލޯނުތައް ރީސްޓްރަކްޗާ ކުރުމަކީ އޮތް ހައްލެއް ނޫން ކަމަށާއި އެކަން ކޮށްފި ނަމަ ދެން އިތުރަށް ޗައިނާ އިން ފައިނޭންސް ހޯދުމަށް ރާއްޖެ އަށް އުނދަގޫވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މިއާއެކު ރާއްޖޭގެ ދަރަނި ބޮޑުވާތީ ޗައިނާއިންވެސް ކަންބޮޑުވާކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ޗައިނާގެ ސިޔާސަތަކީ ރާއްޖޭގެ ދަރަނި ބޮޑުނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުންކަމަށެވެ

"ތިޔަބޭފުޅުން ވެސް ފާހަގަކުރެވޭނެ މިހާރު ޗައިނާ އިން ރާއްޖެ އަށް ދޫކުރަނީ ގްރާންޓްސް. ސަމާލުކަން ދެނީ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭން، ރާއްޖޭގެ ދަރަނި ބޮޑު ކުރާކަށް ނޫން،"

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން 

ރާއްޖޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގަން ނިންމާފައިވާ ބައެއް ކަންކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިނަމާލެ ބްރިޖު މަރާމާތު ކުރުމުގެ މަސައްކަތާއި، ހޮސްޕިޓަލްތަކުގެ ލެބޯޓްރީގެ ވަސީލަތްތައް އިތުރު ކުރުމުގެ މަޝްރޫއުއާއި، ދިވެހި ރުއްތަކަށް ޖެހިފައިވާ މައްސަލަތައް ދެނެގަތުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިލިމާލޭގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ މަޝްރޫއު އަދި މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާ އިން ހިލޭ އެހީގެ ދަށުން ގިނަ ކަންކަން ކޮށްދިން ނަމަވެސް، އެ ގައުމުން ބޭނުންވަނީ ރާއްޖެ އަކީ އިގުތިސޯދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ އޮތް ގައުމަކަށް ވުމަށް ކަމަށާއި އެކަން ކުރެވޭނީ އާމްދަނީ އިތުރު ކުރެވޭނެ އެހެން ސިނާއަތްތައް ފުޅާކޮށްގެން ކަމަށެވެ. 

މީގެ އިތުރުން ސަފީރު ވަނީ ޗައިނާއިން ރާއްޖެއަށް ދޫކުރާ ލޯނުތަކަކީ “ދަރަނި ދަންތުރައެއް” ކަމަށް ސިފަ ކުރައްވައި ހުޅަނގުގެ ބައެއް ގައުމުތަކުންނާއި، ކުރީގެ ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ، އެއީ ޗައިނާއާ ދެކޮޅަށް ގެންގުޅޭ އެޖެންޑާއެއް ކަމަށާ، ހިލޭ އެހީ ދެނީ ޗައިނާގެ އަމިއްލަ އެދުމެއް އޮވެގެން މަންފާއެއް ހާސިލް ކުރުމަށް ނޫންކަމަށެވެ.

ސަފީރު ވިދާޅުވީ، ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢު ތަކަކީ ރާއްޖެއިން އެދިގެން ހިންގާ މަޝްރޫއުތައް ކަމަށާ، އެ މަޝްރޫއު ތަކުގެ ޝަރުތުތައްވެސް ކަނޑައަޅަނީ ޜައްޖެއިން ކަމަށެވެ. 

"ކޮމާޝަލް މަޝްރޫއުތައް އަދި އެ ނޫން މަޝްރޫއުތައް ވެސް ޗައިނާ އިން ރާއްޖޭގައި ހިންގަނީ ގިނަ މަޝްވަރާތަކެއް ދެ ގައުމުގެ މެދުގައި ކުރުމަށް ފަހު. ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ. މަޝްރޫއުތަކުގެ ހުރިހާ ޝަރުތެއް ވެސް ކަނޑައަޅަނީ ދިވެހި ސަރުކާރުން. ދިވެހި ސަރުކާރުން ފައިނޭންޝަލް ސަޕޯޓަށް ޗައިނާގައި އެދޭ ނަމަ އެކަމެއް ކޮށްދޭން މަސައްކަތް ކުރާނެ އެކަމަކު އެއީ އަމިއްލަ މަންފާއެއް ބޭނުމަކު ނޫން.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޭންގް ލިޒިން 

ރާއްޖޭގެ ޓުއަރިޒަމް އަށް އެކަނި ބަރޯސާ ނުވެ ކުރެވޭނެ އައު ކަންކަން ދެނެގަނެ ލޯނު ނުނަގައި ގައުމަށް އާންމުދަަނީ ވަންނާނެ ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އޭގެ އިތުރުން، ހުރިހާ ކަމެއް ލޯނުގެ އެހީގައި ކުރުމުގެ ވިސްނުމަކީ ވެސް ގޯސްކަމެއްކަން ފާހަގަ ކުރައްވައި ސަފީރު ވިދާޅުވީ، އަންނަން އޮތް ޖީލުތަކުގެ މައްޗަށް ބޮޑެތި ދަރަނިތައް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

ކޮމެންޓް
ވ
ޗަައިނާގެވިސްނުންވަރަންރަގަޅު އޭ މާކުސްދޭވަރުވެ އަހަރެންވެސް ނޭދެން ރާޖޭގެދަރަނިބޮޑުވާކަން ޖަޒުބާތުގެ ވަރުގަދަކަމުން ވިސްނުމުގެކުރިޔަށް ދަރަނިނެތެވެނީ
17 May 2024
ހުސްނީ
ޗައިނާއަށް ދަންނަވާލަން އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެއް
13 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.