ފާތިމަތު ދީމާ އަލީ... ފޮޓޯ: ގާފު/ އާހިލް ވަހީދު
ކުޅިވަރު
17 May 2024 | 20:27
އޮލިމްޕިކަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތްލީޓުގެ ޝަރަފާއެކު ދީމާ މިއަދު ރާއްޖެ އަތުވެއްޖެ

އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ކޮލިފައި ރާއްޖޭގެ ފުރަތަމަ އެތްލީޓް ފާތިމަތު ދީމާ އަލީ މިއަދު ހަވީރު ރާއްޖެ އައުމުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އުމުރުން 16 އަހަރުގެ ދީމާ، އޮލިމްޕިކްސް އަށް ކޮލިފައިވީ ނޭޕާލުގެ ވެރުރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ "ޕެރިސް އޮލިމްޕިކްސް 2024"ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ

1988 ވަނަ އަހަރުން ފެށިގެން، ރާއްޖެއިން އޮލިމްޕިކްސްގައި  ސްވިމިންއާއި އެތުލެޓެކްސް އިވެންޓުގައި އަންނަނީ ވާދަކުރަމުންނެވެ. ނަމަވެސް އެއީ އޮލިމްޕިކް ކައުންސިލްގެ މެންބަރު ގައުމުމުތަކަށް ދޭ ފްރީ ސްލޮޓްތަކުގައެވެ.

ނަމަވެސް ލަންޑަންގައި 2012ގައި ބޭއްވުނު އޮލިމްޕިކްސްއަށް ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު އަދި ޖަޕާންގައި ބޭއްވުުނު 2020ގެ އޮލިމްޕިކްސްގައި ފާތިމަތު ނަބާހާ އަބްދުރައްޒާގު ބެޑްމިންޓަގައި ވަދަކޮށްފައިވަނީ ޓްރައިޕާޓައިޓް ކޮމިޝަން އިންވިޓޭޝަންގައި ހޯދި ފުރުސަތުތަކުގައެވެ. އެއީ ކޮލިފިކޭޝަނަށްފަހު، އެ ކޮލިފައިވި ގައުމުތަކުގެ ކުޅުންތެރިންގެ ބޭރުން، އެހެން ގައުމުތަކުގެ އެންމެ ރޭންކިން މަތި ކުޅުންތެރިންނަށް ދޭ ޝެއާޑް ފުރުސަތުތަކެކެވެ.

އެހެންކަމުން ދީމާ މިހޯދި ކާމިޔާބީ ވަނީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަ ކާމިޔާބީއަކަށެވެ. އަދި މިކާމިޔާބީއާއެކު ދީމާ މިއަދު ރާއްޖެ އައުމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު, ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ އިސް ވެރީން ވެސް ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާ ކިޔައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.