ރޮނާލްޑޯ އަދި މިޓްރޮވިޗު
17 May 2024 | 21:14
މިރޭގެ މެޗު ރޮނާލްޑޯއަށް ވަރަށް ޚާއްސަ

ސައުދީ ޕްރޮފެޝަނަލް ލީގުގައި ޗެންޕިއަން އަލް ހިލާލްޱއާއި ދެކޮޅަށް ދެވަނައިގައި އޮތް އަލް ނަސްރުން ކުޅޭ މެޗަކީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެއްގޮތަކަށްވުރެ ގިނަގޮތްގޮތުން ޚާއްސަ މެޗެކެވެ.

މިމެޗަކީ ލީގުގައި މުހިންމު މެޗަކަށް ނުވި ނަމަވެސް، ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމަށް ވާދަކުރަމުން އަންނަ އަލް ހިލާލްގެ ސާބިއާ ފޯވާޑް އެލެގްޒަންޑާ މިޓްރޮވިޗް އަދި ރޮނާލްޑޯއަށް ވެސް ވަރަށް މުހިންމު މެޗެކެވެ. އަދި މިމެޗަށް ނުކުންނައިރު، ލަނޑު ލިސްޓުގެ ކުރީގައި އޮތީ ރޮނާލްޑޯއެވެ. 

ލީގުގައި ރޮނާލްޑޯ ކުޅުނު 28 މެޗުގައި 33 ލަނޑު ކާމިޔާބުކޮށްފައި ވާއިރު، މިޓްރޮވިޗު ދެވަނައިގައި އޮތީ 25 މެޗުގައި ކާމިޔާބުކުރި 26 ލަނޑާއެކު އެވެ. މީގެ އިތުރުން މިމެޗުގައި ރޮނާލްޑޯ ލަނޑެއް ކާމިޔާބު ކޮށްފިނަމަ ސައުދީ ޕްރޮފެޝަނަލް ލީގުގައި އެއް ސީޒަނެއްގައި 34  ލަނޑުޖަހައިގެން، އަލް އިއްތިހާދުގެ މޮރޮކޯ ފޯވާޑް އަބްދުއް ރައްޒާގު ހަމްދުﷲ ހަދާފައިވާ ރެކޯޑާއި އަރާ ހަމަކުރެވޭނެއެވެ.

މީގެ އިތުރުން މިސީޒަނުގައި މިދެޓީމު މިހާތަނަށް ހަތަރު ފަހަރެއްގެމަތިން ވާދަކޮށްފައިވާއިރު، އޭގެ ތެރެއިން އަލް ހިލާލް ވަނީ ތިން މެޗުން މޮޅުވެފައެވެ.ޱއަދި އަރަބި ކުލަބު ޗެންޕިއަންސް ކަޕްގެ ފައިނަލުގައި ރޮނާލްޑޯގެ ދެލަނޑާއެކު އަލް ނަސްރު މޮޅުވިއިރު، މިދެޓީމު އެންމެ ފަހުން ކުޅުނު ސައުދީ ސުޕަކަޕްގެ ސެމީ ފައިނަލުގައި ރޮނާލްޑޯއަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ލީގުގައި ކޮންމެ ޓީމަކުން 31 މެޗު ކުޅެފައިވައިރު، އެއްވަނައިގައި އަލް ހިލާލް އޮތީ 89 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އަލް ނަސްރަށް ލިބިފައިވަނީ 77 ޕޮއިންޓެވެ. އަލް ނަސްރުގެ ދަނޑުގައި ކުޅޭ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރައްޖެގަޑިން 23:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް
އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.