އަލީ ރަމީޒު: ފޮޓޯ/ ޖަމިއްޔަތުއް ސަލަފް
ހަބަރު
19 May 2024 | 12:12
މި ދުނިޔޭގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާފިޔަތު ލަވަކިޔުން ހުއްޓާލާ ދުވަސް: ޢަލީ ރަމީޒް

މި ދުނިޔޭގައި އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ އެއްބަނޑު އެއްބަފާ ކޮއްކޮ ރާފިޔަތު ރަމީޒާ ލަވަކިޔުން ހުއްޓާލާ ދުވަސް ކަމަށް ދާރިސް ޓީވީގެ ސްޓެޝަން މެނޭޖަރ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ލަވަކިޔުމުގެ ދާއިރާގައި އުޅުމަށްފަހު، އެކަން އެއްކޮށް ހުއްޓައިލުމަށްފަހު 2003 ވަނަ އަހަރުން ފެށިގެން ދީނީ ދައުވަތު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަލީ ރަމީޒުގެ ކޮއްކޮ އިބްރާހީމް ރަމީޒުވެސް އޭނާއާއެކު އެކުއެކީހެން ލަވަކިޔުމާއި ދުރަށް ގޮސްފައިވެއެވެ.

އެހެން ނަމަވެސް އޭނާގެ އަންހެން ކޮއްކޮ ރާފިއަތު އަދިވެސް ލަވަކިޔަމުންދާތީ، މިޔުޒިކާއި ދެކޮޅަށް އަލީ ރަމީޒު ދައްކަވާ ވާހަކަތަކަށް ކޮމެންޓް ކުރާ މީހުން ފާޑުކިޔައެވެ.

އެގޮތުން، ކަރޯކޭ ޖެއްސުމާ ދެކޮޅަށް އަލީ ރަމީޒު ފޭސްބުކުގައި ކުރެއްވު ޕޯސްޓަކަށް ކޮމެންޓް ކުރި މީހަކު ވަނީ ރާފިޔަތު ރަމީޒާ ލަވަކިޔުން ރަނގަޅުތޯ އާއި އޭނާ ލަވަކިޔުން ހުއްޓުވުމަށް ބުނެފައެވެ.

“އެންމެ ފުރަތަމަ ރާފިޔަތު ރަމީޒާ ލަވަކިއުން ހުއްޓުވަން. އޭނައަށް ނަސޭހަތް ދީބަލަ ފުރަތަމަ. އޭނާ ލަވަކިޔުން އޯކޭތަ؟"

އެ ސުވާލުގެ ޖަވާބުގައި އަލީ ރަމީޒު ވަނީ ރާފިޔަތު ލަވަކިއުން ހުއްޓައިލުމަކީ މި ދުނިޔޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ އެއް ދުވަސްًކަމަށް ވިދާޅުވެފައެވެ.

“الله އަޅުގަނޑަށް އެ ދުވަސް ދައްކަވާށި! އާމީން" އަލީ ވިދާޅުވިއެވެ. 

އިސްލާމް ދީނުގައި މިޔުޒިކާއި ގުޅޭ ގޮތުން އައިސްފައިވާ ދަލީލް ތަކާއި ގުޅިގެން އަލީ ރަމީޒު، ލަވަކިޔުން ހުއްޓާލާފައިވާއިރު، އެނޫންވެސް އެހެން ލަވަކިޔުން ތެރިންވެސް ވަނީ އެކަމާއި ދުރަށް ގޮސްފައެވެ. އަދި އަލީ ރަމީޒު އެކަން ހުއްޓާލުމަށްފަހު އޭނާ އަންނަނީ އެ ހުއްޓާލުމުން ދިރިއުޅުން ބަދަލުވެ، ލިބެމުންދާ ހިތްހަމަޖެހުމާއި އުފަލާއި ގުޅޭ ގޮތުން މީހުންނަށް ކިޔައި ދެއްވުމަށް ރަށް ރަށުގައިވެސް “އަލީ ރަމީޒާއެކު” ޕްރޮގްރާމް ކުރިއަށް ގެންދަމުންނެވެ.

ަ 

ކޮމެންޓް
ލަކުޑި ކަޅޭ
މިހާރު މާމައް ޗައްތިދަނީ އައްޔަލަވަކީއިރު ރިސޯޓުތަކައްދާންކާރައްގުޅާފަކާރުއާމަ ވަލުކަބިއްޔެންހެންކާރުތެރެއައްދެމިގަންނަ ތަންވެސްއަހަރެމެންދުށީމު
19 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ