ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކޮށްފައި: ފޮޓޯ/ ވަން އޮންލައިން
ހަބަރު
20 May 2024 | 11:54
އީރާންގެ ރައީސް އަވަހާރަވުމާ ގުޅިގެން ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.

އެ ދެންނެވުމުގައިވާގޮތުން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަން ނިންމާފައިވަނީ 2024 މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައި ވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގައެވެ.

ކުއްލި ހާލަތެއް މެދުވެރިވެ, އިއްޔެގެ ވަގުތެއްގައި ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށްތިރި ކުރަންޖެހި، އެ ހާދިސާގައި ހެލިކޮޕްޓަރ އަނދައި، ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން އަވަހާރަވެފައިވާ ކަމަށް އީރާނުން މިހާރުވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.  

އެގޮތުން ރައިސީއާއެކު ދަތުރުކުރެއްވި އެޤައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުالله ހިޔާންއާ، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުالله އަލްހާޝިމީވެސް އަވަހާރަވެފައިވާކަމަށް އިރްނާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.