ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 May 2024 | 15:20
މައިންބަފައިން ބަލާ މީހުންނަށް ބޯހިޔާވަހިކަމުގައި އިތުރު ޕޮއިންޓް ދޭން ކެބިނެޓުން ފާސްކޮށްފި

ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޮށީ އުމުރުގެ މީހުންނާ އެކު ނުވަތަ އެ މީހުން ބަލަހައްޓާ މީހުންނަށް އިތުރު ޕޮއިންޓު ލިބޭ ގޮތް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމާފައެވެ. 

އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ރައީސް މުޢިއްޒު ވަނީ އެކަހެރިކޮށް ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދޫކުރާ ފުލެޓާއި އިޖުތިމާއީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ސިޔާސަތެއް ވެސް އެކަށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި މާލޭގެ ގާއިމް ކުރާ އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވަނީ، އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެ ކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.