މާލެ، އެފްއެސްއެމް ޕެޓްރޯލް ޝެޑް
ހަބަރު
27 May 2024 | 02:24
އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން މިރެއިން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 13.92 ރުފިޔާއަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98 ރުފިޔާއަށް ކަމަށެވެ.

އެސްޓީއޯއިން ކުރިން ޑީސަލް ލީޓަރެއް ވިއްކީ 14.62 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކީ 14.33 ރުފިޔާ އަށެވެ. އެހެންކަމުން އެސްޓީއޯއިން މިވަނީ ޑީސަލް ލީޓަރަކުން 0.70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.35 ލާރި އަގުހެޔޮ ކޮށްފައެވެ.

މިއީ މިއަހަރު އެސްޓީއޯއިން ތެލުގެ އަގުހެޔޮ ކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އެސްޓީއޯއިން ވަނީ ތިން ފަހަރަކު ތެލުގެ އަގު ހެޔޮކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ