ދިވެހިންގެ އެހީ ޣައްޒާއަށް ފޯރުކޮށއދިނުން
ހަބަރު
27 May 2024 | 10:41
ދިވެހިންގެ އެހީގެ އިތުރު ދެ ޓްރަކު މިއަދާ މާދަމާ ޣައްޒާއަށް ވަންނާނެ: އައިއޭސީ

ދިވެހިންގެ އެހީގެ އިތުރު ދެ ޓްރަކު މިއަދާ މާދަމާ ޣައްޒާއަށް ވަންނާނެ ކަމަށް، ދިވެހިންގެ އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ޖަމިއްޔާ، އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އިން ބުނެފިއެވެ. 

އައިއޭސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަރީމް ޝަލޮމް ބޯޑާ އަދި އުތުރު ޣައްޒާގެ އެރެޒް ކޮރޮސިންއިން ޣައްޒާއަށް އެހީގެ ޓްރަކްތަށް އެތެރެވެފައިވާ ކަމަށެވެ.

އެގޮތުން ބޯޑާ ހުޅުވާލުމާއި އެކު ކަރީމް ޝަލޮމް ބޯޑައިން މިއަދު ވަނީ 143 އެހީގެ ޓްރަކު އަދި ކޮމާޝަލް ބޭނުމަށް ބޭނުންކުރާ 201 ވެހިކަލް އެތެރެވެފައި ކަމަށް ބުނެފައިވެއެވެ. 

.މީގެ އިތުރުން، މިއަދާއި މާދަމާއާއިއެކު ގާތްގަނޑަކަށް 300 އެއްހާ އެހީގެ ޓްރަކަށް ޣައްޒާއަށް އެތެރެވެވޭނެ ކަމަށް އައިއޭސީން ލަފާކުރާއިރު، އޭގެ ތެރޭގައި ދިވެހިންގެ އެހީ ހިމެނޭ 40 ފީޓުގެ އެހީގެ 2 ޓްރަކު ހިމެނިގެންދާނެކަން އައިއޭސީން ފާހަގަކުރެއެވެ.

މިއާއެކު އައިއޭސީން ބުނީ، ރަފާޙް ބޯޑަރާއި ކަރީމް ޝަލޮމް ބޯޑަރު ބަންދުކޮށްފައިި ވަނިިކޮށް އުތުރު ޣައްޒާގެ އެރެޒް ކޮރޮސިންއިން ވެސް 2 ޓްރަކުގެ އެހީ އެތެރެ ކުރެވި، އެހީ ބެހެންވެސް ފެށިފައިވާ ކަމަށެވެ. 

އުއްމީދަކީ ވީހާވެސް ގިނަ ފަރާތްތަކަށް އެހީ ފޯރުކޯށްދެވި، ނަަޞްރު ލިބުން.

އައިއޭސީ

މި މަހުގެ 6 ވަނަ ދުވަހު ރަފާހްގައި އޮންނަ އިންސާނީ އެހީތަކާއި ވިޔަފާރީގެ ސާމާނު ޣައްޒާއަށް ވަންނަ މި މައި ބޯޑަރުގެ ކޮންޓްރޯލް ޔަހޫދީ ފައުޖުން ނެގުމާއި ގުޅިގެން ޣައްޒާ އަށް އެހީ ވެއްދުން ތިން ހަފްތާ އަށް މެދުކެނޑިގެން ދިޔުމަށްފަހު މިހާރު އަންނަނީ ކަރެމް ޝެލޮމް މަގުން ޣައްޒާއަށް އަލުން އެހީ ވައްދަންފަށާފައެވެ. 

އެހީ ވައްދަން ފަށާފައުވަނީ، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.