ޕީޖީ ޝަމީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް
ހަބަރު
27 May 2024 | 15:06
ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕީޖީއަށް ލިބިގެންވާ ލައިސަންސެއް ނޫން: ހައިކޯޓް

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ބުނެ ހައިކޯޓުން ޕީޖީއަށް އިންޒާރު ދީފިއެވެ. 

މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ އދ. މާމިގިލީ ޝޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދުގެ މައްސަލައިގައި، ސުޕްރީމް ކޯޓުގެ އެންގުމަކަށް ހައި ކޯޓުން އަމަލު ނުކުރި ކަމަށް ބުނެ ޕީޖީން ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް މީޑިއާގައި ދާދިފަހުން މީޑިއާގައި ބުނެފައެވެ.

އެގޮތުން، ސައްމާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފައިވާއިރު އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކޮށްދޭން ޕީޖީން އެދުނު ނަމަވެސް، ހައި ކޯޓުން އެ އަމުރެއް ނުނެރުމުން ޕީޖީން ވަނީ ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލާފައި ސްޕްރީމް ކޯޓުން ހުކުމް ކުރީ ދައުލަތާއި އެއްގޮތަށެވެ. އަދި 7 ދުވަސް ތެރޭ ސައްމާހުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްވެސް ސްޕްރީމް ކޯޓުން ވަނީ އަންގާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ހައިކޯޓުގެ އެ މައްސަލަ ބައްލަވާ ބައެއް ފަނޑިޔާރުން ޗުއްޓީގައި ތިބުމުގެ ސަބަބުން އަޑުއެހުމެއް ނުބޭއްވި ސައްމާހު ވަނީ ބަންދުން ދޫވެފައެވެ.

އެފަހުން އިއްޔެ، އެ މައްސަލައިގެ އަޑު އެހުމެއް ހައިކޯޓްގައި ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ، ޕީޖީ އޮފީހުން މީޑިއާގައި ހައިކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީން ބުނުމުން ނުރުހުން ފާޅުކުރައްވާފައެވެ.

އަޅުގަނޑަށް މައްސަލައެއް ނެތް މިއީ ނަސޭހަތެއް ކަމަށް ބެއްޔަސް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް. ފަނޑިޔާރުން ނިންމާ ނިންމުމާމެދު ހިތްހަމަ ނުޖެހެންޏާމުން ތިބޭފުޅުންގެ ހައްގެއް އެއީ ޖޭއެސްސީއަށް ހުށްހެޅުން. އެކަމުގައި އަޅުގަނޑުމެންގެ ފަރުވާލެއް ނެތް. އިއުތިރާޒް ކުރަނީއެއްވެސް ނޫން. އެހެން ނަމަވެސް ޕްރޮސެކިޔުޝަންއަށް، ނޫނީ ޕްރޮސެކިޔުޓަރ ޖެނެރަލްއަށް ލިބިފައި އޮންނަ ލައިސެންސް އެއްނޫން އެއީ ފަނޑިޔާރުން ހަވަރަށް ދިނުމަކީ. އެހެންވީމާ، ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުންގެ މައްސަލަ ހުށަހަޅަން ތިމަންނަމެން ވިސްނަމޭ، ހައި ކޯޓުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ފިޔަވަޅު އަޅައިދޭށޭ މި ބާވަތުގެ މޭރުމަކުން ދައުލަތުގެ ޕްރޮސިކިއުޝަނުން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް. ނޫސްތަކުން އެގޮތަށް އަޅުގަނޑުމެންނަށް ފެނުމަކީ ގަބޫލު ކުރާ ކަމެއް ނޫން. އެހެންވީމާ ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ. އެކަން ޕްރޮސެކިޔުޝަނުން ހަނދާނުގައި ބެހެއްޓުން ވަރަށް ބޮޑަށް އެދެން

ފަނޑިޔާރު މުހައްމަދު ފައިސަލް

މީގެ އިތުރުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ހައިކޯޓުން އަމުރު ކުރި ކަމަށް ވިދާޅުވެ ސުލޫކީ މައްސަލަ ހުށަހަޅަން ވިސްނަވާ ވާހަކަ ވިދާޅުވެ ނޫސްތަކުގައި ހެޑްލައިން ހައްދަވާއިރު، ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާފައި ކަމަށެވެ.

ފަނޑިޔާރުގެ އެވާހަކައަށް ރައްދު ދެއްވަމުން، ދައުލަތުގެ ވަކީލް ނައުޝާދު ވަނީ ސުޕްރީމް ކޯޓުގެ އަމުރުގެ ހުކުމްގެ އެހެން ޕެރެގްރާފަކުން ސައްމާހު ބަންދުކުރީ ހަތް ދުވަހަށް ކަން އެނގޭ ކަމަށާއި އެއަށްވުރެ އިތުރަށް ބަންދުގައި ބަހެއްޓޭނީ ހައި ކޯޓުން ގޮތެއް ކަނޑައަޅައިގެން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
އިްއްބެ
ފަނޑިޔާރުންނަކީ ބަތްތައްޓަށްޝަރީޢަތްކުރަންޖެހޭބައެއްވެސްނޫން އެކަމަކުއެކަންވެސްކުރާބައެއްވެސްއެބައުޅޭ
27 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް