މަޓާޓޯ އާއި އަޔާޓޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުން - ފޮޓޯ: މަޓާޓޯ
ހަބަރު
27 May 2024 | 18:28
ފަތުރުވެރިކަން ކުރިއެރުވުމަށް މަޓާޓޯއިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސްއާ ގުޅިގެން މަސައްކަތް ފަށައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަރސް (އަޔާޓޯ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު މަޓޯޓާ  އާއި އަޔޯޓާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ފަތުރުވެރިކަމުގެ އެއްބާރުލުން އިތުރުކޮށް ފަތުރުވެރިކަމުގެ ސިނާޢަތާއި ގާތް ގުޅުމެއް އުފެއްދުމާއި ދެފަރާތުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ މަގުސަދުގައެވެ.

މި އެއްބަސްވުމަކީ ދެ މުއައްސަސާގެ ނެޓްވޯކްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ދަތުރުފަތުރާއި ސަޤާފީ ކަންކަމަށް ފުރުޞަތުތައް ފަހިކޮށް، ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަން ކުރިއެރުވުމުގައި މުހިންމު މޭލުދަނޑިއެކެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ޖޮއިންޓް މާކެޓިން އިނިޝިއޭޓިވްސް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއަރުވާ، ޚިދުމަތުގެ މިންގަނޑުތަކާއި އޮޕަރޭޝަނަލް އެފިޝަންސީތައް ރަނގަޅު ކުރުމަށް އެންމެ ރަނގަޅު އުޞޫލުތައް ޙިއްސާކޮށް، ގުޅިގެން އިވެންޓްތަކާއި ރޯޑްޝޯ އަދި ފެއާތައް އިންތިޒާމްކުރުމުގެ އިތުރުން، ދެގައުމަށް ވެސް ފައިދާހުރި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުޞޫލުތައް ޕްރޮމޯޓްކުރެވިގެން ދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަޓާޓޯއިން ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރ، މުނޫ މަހާވަރުއާއި ބައްދަލުކޮށްފައެވެ. މިދިޔަ އެޕްރީލް މަހުވެސް މަޓާޓޯއިން އެމަނިކުފާނާއި ބައްދަލުކުރި އިރު، މަޓާޓޯއިން މައުލޫމާތު ދޭ ގޮތުގައި މިއީ ކުރިން ބޭއްވި ބައްދަދަލުވުމުގެ ފޮލޯއަޕް ބައްދަލުވުމެކެވެ.

މަޓާޓޯއަކީ ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ މަސްލަޙަތު ތަމްޞީލުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތަށް ފައިދާހުރި ސިޔާސަތުތަކަށް ވަކާލާތުކޮށް، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގައި އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ދަމަހައްޓަން މަސައްކަތްކުރާ މުއައްސަސާއެކެވެ. އަދި އަޔާޓޯ އަކީ މުޅި އިންޑިއާގެ 1،800 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްޞީލުކުރާ އިންޑިއާގެ އެންމެމަތީ ޓްރެވަލް ޓްރޭޑްގެ އެއް މުއައްސަސާއެވެ. ދެ މުއައްސަސާގެ މެދުގައި ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމުގެ ފަތުރުވެރިކަމަށްވެސް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.