ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 May 2024 | 21:48
އިސްރާއިލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުޢާއްމު ހުއްޓާލުމަށް ސިޑްސްގެ ހުރިހާ ލީޑަރުން ގޮވާލަންޖެހޭ: ރައީސް މުޢިއްޒު

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުޢާއްމާ ދެކޮޅަށް ހުރިހާ ކުދި ޖަޒީރާ ގައުމުތައް (ސިޑްސްގެ ގައުމުތައް)ތެދުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. 

ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ދެއްވި ތަގުރީރު ފަށްޓަވަމުން، އެމަނިކުފާނު ވަނީ، އެތަނުގައި ހުއްޓި ހުންނަވައި އެމަނިކުފާނު ވާހަކަދައްކަވަމުންދާ ވަގުތުގައިވެސް، ދުނިޔޭގެ ކޯޓް، އައިސީޖޭގެ އަމުރާއި ޚިލާފަށް، ރަފަހް ގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހުއްޓުމެއްނެތި އިސްރާއިލުން ގަތުލުއާއްމު ހިންގަމުންދާ ކަން ފާހަގަކުރައްވާފައެވެ. 

“ މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ލީޑަރުންވެސް، އެކައްޗެއް ކިޔައި، އިސްރާއީލުގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަންޖެހޭ. އިސްރާއީލްގެ ލާ އިންސާނީ ޖަރީމާތަކާއި، ގަތުލުޢާއްމު ވަގުތުން ހުއްޓާލުމަށް ގޮވާލަންޖެހޭ. މިއީ، އިސްރާއީލްގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ނެރެ، އެމީހުން ހިންގަމުންދާ ޖަރީމާތަކުގެ ބަދަލުގައި ހައްގު އަދަބުދޭން ޖެހޭ  ވަގުތު”

ރައީސް ޑރ މުހައްމަދު މުއިއްޒު

މިއާއެކު ރައީސް ވިދާޅުވީ، ގޮތް ހުސްވެފައި ހުންނަން ޖެހުމުން ކުރެވޭ އިހްސާސް، ސިޑްސްގެ ހުރިހާ ގައުމަކަށްވެސް އެނގޭނެ ކަމަށެވެ. އަދި ގައުމުގެ ބަލިކަށިކަމާއިއެކު، ބައިނަލްއަގުވާމީ ގުނަންތަކުން އަޅާނުލުމުން ކުރެވޭ އިހްސާސް އެ ކުދި ގައުމުތަކަށް އެނގޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. 

ިއެހެން ކަމުން، ރައީސް މުޢިއްޒުވަނީ ސިޑްސްގެ ހުރިހާ ލީޑަރުންވެސް ފަލަސްތީނާއިއެކު ތިބި ކަން ދުނިޔެއަށް ހާމަކުރެމަށް ގޮވާލައްވާފައެވެ. 

ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ޤައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުން އެއްތަނަކަށް އެއްވެ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރުމަށް މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ މަހާސިންތާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.