ސިޑްސް ކޮންފަރެންސްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 May 2024 | 08:01
ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ: ރައީސް މުޢިއްޒު

ސިޑްސްގެ ޤައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ޤައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިދެއްވަމުންނެވެ.

މި ބަޔާން އިއްވަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތަކީ ތަރައްޤީގެ މަގުގައި ކުރިމަތިވާ ދަތިތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ޤައުމުތަކުން އަމިއްލަ ޤާބިލުކަން ގަބޫލުކުރަން ފަށަންވީ ވަގުތުކަމުގައި ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ނާޒުކުކަމަކީ އަޅުގަނޑުމެންގެ ވެއްޓުން ކަމުގައި ދެކިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ބުންވަރު އާލާކުރަން ލިބޭ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ސިޑްސްގެ ޤައުމުތަކުން އެއްބާރުލުން ހޯދިދާނެ ތިން ގޮތެއް ވިދާޅުވެދެއްވިއެވެ.

އެގޮތުން ފާހަގަ ކުރެއްވި ފުރަތަމަ ކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކްރެޑިޓް އިތުރުކުރުމަށާއި ދަރަނީގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިކޮށްދިނުމެވެ. ރައީސް ވިދާޅުވީ، ދޭދޭ ގުޅުންތައް ޤާއިމުކޮށްފައިވާ ފަރާތްތަކުން، ރިޓްރެކްޓިވް ފައިނޭންސިންގ ހިމެނޭ މާލީ އީޖާދީ ހައްލުތައް އިތުރުކޮށްދޭންޖެހޭ ކަމަށެވެ. 

ދެވަނަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ފާހަގަކުރެއްވީ، އ.ދ. ގެ ނިޒާމާއި ބައިނަލްއަޤްވާމީ ތަރައްޤީގެ ޖަމާޢަތްތަކާއި އަމިއްލަ ވިޔަފާރިތަކަށް ހަރަދުކުރާ ފަރާތްތަކުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ޙިއްޞާކުރެވިފައިވާ އަދި، ގުޅި ލާމެހިފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭކަމަށެވެ.

ފަހު ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ސިޑްސްގެ ޤައުމުތަކުން އެކި މަސައްކަތްތަކުގައި އިސް ދައުރުތަކެއް އަދާކުރުމެވެ. އެގޮތުން އިންވެސްޓްމަންޓްތައް އިތުރުކޮށް، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުތަކުގެ ހިންގުމުގައި ނަޒާހަތްތެރިކަމާއި ޖަވާބުދާރީކުރުންވެސް ހަރުދަނާކުރަންޖެހޭކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ ގޮވާލުންތަކަށް އެކަށީގެންވާ ގޮތެއްގައި އިޖާބަ ލިބޭނީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ބާރުވެރި ފަރާތްތަކަކަށް ސިޑްސް ވެގެންކަމަށެވެ. އަދި އެގޮތުން އދގެ ސަލާމަތީ މަޖިލީހާއި، އިކޮނޮމިކް އަދި ސޯޝަލް ކައުންސިލްފަދަ އދގެ ބާރުގަދަ ގުނަންތަކުން ޖާގަ ހޯދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގައުމުތަކަކީ ސައިޒުގެ ގޮތުން ކުދި ގައުމުތަކެއް ނަމަވެސް، ޤައުމުގެ ސައިޒަކީ އެ ޤައުމެއްގެ މުސްތަޤްބަލް ކަނޑައަޅާ މިންގަނޑެއް ނޫންކަމަށެވެ. އަދި މުސްތަޤްބަލާއި ގުޅޭގޮތުން ގޮތް ނިންމައި، ކަންކަން ބަދަލުކުރުމުގެ ބާރު ޤައުުމުތަކަށް އޮންނާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސެކެވެ. ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ޤައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.