ސިޑްސްގެ ހަވާސާގައި ބޭއްވި "ފްރޮމް އެމްބިޝަން ޓު ޕްރެކްޓިސް: އެޑްވާންސިންގ ސިޑްސް4 ގޯލްސް ތްރޫ ދި ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް" ސެޝަންގައި ރައީސް ޑރ މުޢިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 May 2024 | 08:36
ކުދި ޖަޒީރާ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވެވޭނެ: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ނުރައްކާ އޮތީ ހަމައެކަނި ރާއްޖެއަށް ނޫންކަމަށާއި، އެކަމުގެ ނުރައްކާ ހުރިހާ ގައުމަކަށްވެސް އޮތްކަން ގަބޫލުކޮށްގެން އަވަސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ބޭއްވި "ފްރޮމް އެމްބިޝަން ޓު ޕްރެކްޓިސް: އެޑްވާންސިންގ ސިޑްސް4 ގޯލްސް ތްރޫ ދި ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނިޝިއޭޓިވް" ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިމުގެ ބޮޑުމިނުން ބަލާއިރު ނިސްބަތުން ކުދި ޤައުމުތަކެއްގެ ގޮތުގައި ފެނުންނަމަވެސް، ސިޑްސްގެ ޤައުމުތަކުން އަންނަނީ ވިލުންތެރިކަމުގައި ނަމޫނާ ދައްކައި، ނުގުޑާ ފަދަ އަޒުމާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހިތްވަރު ދައްކަމުން ކަމުގައި ވިދާޅުވިއެވެ. މޫސުމީ ކާރިސާއިން ސަލާމަތްވުމަށް ޤައުމުތަކުން އަޒުމާއެކު މަސައްކަތް ފެއްޓުވުމަށާއި ޢާންމު އުސޫލުން ކަންކަން ކުރުމުން މިކަމުގައި ދެން ނުފުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިދާޅުވީ ކްލައިމެޓް ސްމާޓް ރެޒިލިއެންޓް އައިލެންޑް (ސީ.އެސް.އާރު.އައި) އިނީޝިއޭޓިވްއަކީ މޫސުމީ މައްސަލަތަކަށް އަވަސް ހައްލު ހޯދުމަށް ފެށި މަސައްކަތެއްކަމަށެވެ. އަދި މިމަސައްކަތް ކާމިޔާބުވެއްޖެނަމަ މޫސުމީ މައްސަލަތަކުން އޮތް ނުރައްކާތައް ކުޑަކުރުމަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ސިޑްސްގެ ވީހާވެސް ގިނަ ގައުމުތަކުން ސިއެސްއާރުއައި އިނީޝިއޭޓިވްގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

“ސިޑްސްގެ ޤައުމުތަކުގެ ކުރިމަގު ހިމާޔަތް ކުރުމަށްޓަކައި، މިފަދަ އިސްނެގުންތަކުގެ އަލީގައި ހާޞިލުކުރެވިދާނެފަދަ ޙައްލުތައް ހޯދައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގައި ލިބޭ ކުދިކުދި ކުރިއެރުންތަކަށްވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރި ވުމަށް އަދި ޖަޒީރާތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދުޅަހެޔޮކަން ހަރުދަނާކުރުމުގައި އައު ތަޖުރިބާތައް ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ. ގުޅިގެން މަސައްކަތްކޮށްފިނަމަ ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވެވޭނެ“ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.