މިނިސްޓަރ އާދަމް ޝަރީފް އުމަރު
ހަބަރު
29 May 2024 | 13:37
އިތުރު 15 އަތޮޅުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމުކުރަނީ

ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވަރކްސް ނުވަތަ ޢާންމު ޚިދުމަތް ތަޢާރަފު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގައި ޕަބްލިކް ވޯކްސްގެ ޚިދުނަތް ދެމުންދާތާ 30 އަހަރު ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިނިސްޓަރީން އެންމެ ފަހުން ކުރި ދަތުރުތެރެއިންވެސް އެ މަސައްކަތް ކުރާ ސައިޓްތައް އަޅާ ނުލެވި ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައިވާކަން ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ގިނަ ރަށްރަށުގެ ސައިޓްތައް ހުރީ ވީރާނާވެ ހަލާކުވެފައި. އަދި އެތަންތަނުގައި ހުރި ވަސީލަތްތައްވެސް ހުރީ ބޭނުން ނުކުރެވޭ ހިސާބުގަ. މުވައްޒަފުނަނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް. ހިންގުމުގެ ނިޒާމުގައުވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި 

މިނިސްޓަރ އާދަމް ޝަރީފް އުމަރު

އެހެންކަމުން އެތަންތަން ރަނގަޅަށް ހިންގާނެ އުސޫލުތަކެއް އެކުލަވާލައިނއެ ޚިދުނަތް އެންމެ އެކަށީގެންވާ ގޮތުގައި ދެވޭނެކަން ކަށަވަރު ކުރުމަކީ ކުރަންޖެހުފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއާއެކު ވަޒީރު ވިދާޅުވީ، ޕަބްލިކް ވަރކްސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަަށާ އެމަނިކުފާނުގެ އިރުޝާދުފުޅާއެކު މިހާރު ހުރި ސައިޓުތަކުގައި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް އެހެން 15 އަތޮޅަކަށްވެސް ފޯރުކޮށްދިނުމަށް ބަޖެޓް ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަންނަ އަހަރު ފެށޭއިރު، އާދެ މި އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އިތުރު 15 ރަށެއްގައި ޕަބްލިކް ވޯކްސްގެ ޚިދުމަތް ގާއިމް ކުރުމަށްޓަކައި އިރާދަކުރެއްވިައްޔާ ބަޖެޓް ކުރެވިގެންދާނެ. މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުނަތް ލިބުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވައިގެން އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދެއް 

މިނިސްޓަރ އާދަމް ޝަރީފް އުމަރު

ވަޒީރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ހަ މަސްދުވަހުގެ ތެރޭގައި ސިޓީތަކާ ބެހޭ ވުޒާރާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި ކައުންސިލްތައް ބާރުވެރިކުރުވުމާއި ޕަބްލިކް ވަރކްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްގެންދެވޭނީ މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ އެކަމުން އަރައިގަތުމަށް ދާއިރާގެ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.