ހަބަރު
31 May 2024 | 09:33
ޖުމްލަ 33،000 ރުފިޔާގެ އިނާމާއެކު، ކަނޑުތަކުގެ ދުވަހާ ގުޅިގެން ބާއްވާ މަސްރޭހުމުގައި ބައިވެރިވުމުގެ ފުރުސަތު

ޖުމްލަ 33،000 ރުފިޔާގެ އިނާމާއެކު، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ބާއްވާ އެއް ހަރަކާތް ކަމަށްވާ މަސްރޭހުމުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ޖޫން އަށް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން  "އެންމެން މޫދަށް" ގެނަމުގައި ރާއްޖޭގެ ރަށްރަށުގައި އެކި ހަރަކާތްތައް ވަނީ ރާވާފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން ޖޫން 7 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހުފައިވާ މަސްރޭހުގައި ބައިވެރިވާން އެވުޒާރާއިން މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުން ތިރީގައިވާ ލިންިުގައިވާ ފޯމު ފުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

https://forms.gle/1U287ScyQyDJnc4G8

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ، މި މަސްރޭހުގައި އެއްވަނަ އަށްދާ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ، ތިން ވަނައަށް 7،000 ރުފިޔާގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ.

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަ ކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ދެ ދުވަހު ކުރިއަށްގެންދިއުމަށް ނިންމާފައެވ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުންކޮންމެރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއްހިންގުމަށް ރަށު ކައުންސިލްތަކާއިމުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އެ ވުޒާރާއިން މައުލާމާތު ދެއެވެ.

މަސްރޭހުގެ އިތުރުން އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުމުރުން 8-15 ދެމެދުގެ ކުދިންނަށް ބާއްވާ "ބޮކިއެރުވުން" ޑައިވް ހަރަކާތެއްވެސް 8 ޖޫންގައި އޮންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. 




ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.