ޝެއިޚް އަހުމަދު ސަމީރު: ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
31 May 2024 | 16:21
އަޤްސާ މިސްކިތުގެ މާތްކަން، އަދި ޖިހާދާއި ގުޅުންހުރި ހުކުމްތަކާއި ގުޅޭ ގޮތުން ޝެއިޚް ސަމީރު ދެއްވާ ދަރުސް މިރޭ

ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހްމަދު ސަމީރު ގެ ދެ ދަރުސް މިރޭ މާލޭގެ ދެ މިސްކިތެއްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން މިރޭ މަޣުރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒު، މަސްޖިދުއް ސަލާޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމު، އޮންނަނީ މަސްޖިދުލް އަގްސާ ގެ މާތްކަމާއި ބެހޭ ޚާއްޞަ ދަރުހެކެވެ. މިއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކޮންމެ ހުކުރުދުވަހުގެ ރޭގަނޑު މާލެ މިސްކިތްތަކުގައި ބާއްވާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން ފަލަސްތީނުގެ މައްސަލައަށް ބާއްވާ ދަރުހެކެވެ.

މިރޭ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ޝެއިޚް ސަމީރުގެ ދެވަނަ ދަރުހަކީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިސްކިތް ތަކުގައި ގެންދާ ކުލާސްތަކުގެ ތެރެއިން މިހާރު އައްޝައިޚް އަޙްމަދު ސަމީރު ކިޔަވާ ދެއްވަމުންދާ އާޔާތުލް އަޙްކާމް (ގުރުއާން ގައިވާ ފިޤުހީ ހުކުމްތަކާއި ބެހޭ އާޔަތްތަކުގެ ތަފްސީރު) ކުލާހުގެ ދަރުހެކެވެ.

މި ދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އަމީނީ މަގުގައި ހުންނަ ފުރުޤާން މިސްކިތުގައެވެ. މިރޭ ޝެއިޚް ކިޔަވާ ދެއްވާނީ ޖިހާދުގެ ޙުކުމުތަކާއި ބެހޭ ބަގަރާ ސޫރަތުގެ އާއްޔަތްތަކެވެ.

މި ދަރުސް ޖަމްޢިއްޔަތުއްސަލަފުގެ ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އައްޝައިޚް އަހްމަދު ސަމީރު ވަރަށް ފަހުން ވެސް ވަނީ ޖަމްޢިއްޔަތުއްސަލަފުގެ މީސް މީޑިޔާ މެދުވެރިކޮށް ފަލަސްތީނުގެ ނަކުބާގެ ހަނދާންތަކާއި ބެހޭ ތާރީޚީ ޢިލްމީ، ދޮޅުގަޑި އިރުގެ، ޚާއްޞަ އޮންލައިން ދަރުހެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް
މުހައްމަދު ވަހީދު
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ މިސަރުކާރުން ކަމެށް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ
31 May 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.